ޤާނޫނަށް ގެންނެވި އިސްލާހާއެކު ސީއެމްޑީއޭގެ ހިންގުމަށް ހެޔޮ ބަދަލެއް އަންނާނެ- ޑރ.ޚަލީލް

ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙާއެކު ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ ސީއެމްޑީއޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަދި އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުންޚަލީލް އިތުރަށް ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެކައްޗަކީ ސްޓޮކް މާކެޓްކަމަށާއި  އެހެންކަމުން މި ޤާނޫނާއެކު ރާއްޖޭގެ ސްޓޮކް މާކެޓް ތަރައްޤީކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަގު ހުޅުވިގެން ގޮސްފައިވާކަމަށެވެ. މީގެ އިތުރުން ސްޓްމާކެޓަށް އަންނަ ހެޔޮ ބަދަލު ތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ހިއްސާ ވިއްކުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަސް މި ޤާނޫނުގެ ސަބަބުން، މިހާރު ލިސްޓްކޮށްފައިހުރި ކުންފުނިތައް ޙިއްސާ ވިއްކުމުގައި ޢަމަލުކުރާނެ ރަނގަޅު އުސޫލުތަކެއް އަދި ފަސޭހަ ގޮތްތަކެއް ކަނޑައެޅިގެންދާނެއެވެ.

ސީއެމްޑީއޭ އުފެއްދުމުގެ ކުރިން ކަނޑައެޅިފައިވާ ބައެއް އުޞޫލުތައްވެސް މި ޤާނޫނުގެ ތެރެއިން ބަދަލުކޮށްފައިވާކަމަށް އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު ވިދާޅުވިއެވެ. މި އުޞޫލުތަކަށް ބަދަލުގެންނެވީ ސީއެމްޑީއޭއައުމާއެކު މިކަންކަމަށް ބަދަލު އަންނަންޖެހޭތީކަމަށާއި ނަމަވެސް ސީއެމްޑީއޭއައުމާއެކު މިކަން ބަދަލުވިނަމަ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް މިހާރު އޮތްވަރަށް ވުރެ ހަރުދަނާ ގޮތެއްގައި ހިނގަމުންދާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*