ނިލަންދޫ މިނިވަން ޗެންޕިއަންޝިޕް 2016 ގެ ޗެއަރ ކަމުން ޚަލީލް ވަކިކޮށް، އިސްމާޢީލްއަށް ދީފި

ނިލަންދޫ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުޙަންމަދު ޚަލީލް

މިނިވަން ދުވަހާއި ގުޅުވައިގެން އެފްއޭއެމްއިން ފ.އަތޮޅުގައި ބާއްވާ މިނިވަން ޗެންޕިއަންޝިޕްގައި ބައިވެރިވާ ނިލަންދޫ ޓީމާއި ގުޅުން ހުރި ޙަރަކާތްތައް ހިންގުމަށް ނިލަންދޫ ކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީގެ ޗެއަރކަމުން، ކައުންސިލްގެ ކުރީގެ ރައީސް މުޙަންމަދު ޚަލީލް ވަކިކޮށްފިއެވެ. ޚަލީލު އެމަގާމުން ވަކިކޮށްފައިވަނީ ކޮމިޓީގައި ހިމެނޭ އެހެން މެންބަރުންނާއި ދެމެދު ޚިޔާލު ތަފާތުވުމުގެ ސަބަބުން ކޮމިޓީގެ މަސައްކަތް ހުއްޓޭ ހިސާބަށް ދިއުމުން ކަމަށް “ނިލަންދެ” އާއި ވާހަކަދެއްކި ކޮމިޓީގެ މެންބަރަކު ހާމަކުރެއްވިއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އެ މަގާމުން ޚަލީލު ވަކިކޮށް، އެ ކޮމިޓީގެ ޗެއަރގެ މަގާމަށް މިހާރު އައްޔަންކޮށްފައިވަނީ ނިލަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިސްމާޢީލް ޢަބުދުﷲ އެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*