ނިލަންދޫ މޮޅުވިޔަނުދީ މީދޫން ހިފަހައްޓައިފި

މި އަދު ނިލަންދޫއާއި މީދޫ ބައްދަލުކުރި މެޗްގެ ތެރެއިން

މިއަދު ހަވީރު ކުޅުނު ނިލަންދޫއާއި މީދޫ ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް 1-1 އިން އެއްވަރުވެއްޖެއެވެ. މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ފުރަތަމަ ލަނޑުޖަހާފައިވަނީ ނިލަންދޫ ޓީމަށް، ޢަބުދުލް ޣަނީ ޢަލީއެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މީދޫޓީމުން ލަނޑުޖަހާވަނީ އެއްވަރުކޮށްފައެވެ.

މި މެޗްގައި ނިލަންދޫއިން މޮޅަށްކުޅެ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައިވެއެވެ. ނަމަވެސް ސްކޯ ކުރެވިފައެއް ނުވެއެވެ. މެޗްގެ ދެވަނަ ހާފްގައި ނިލަންދޫއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަޖޫ ޖެހި އެޕެނެލްޓީ މީދޫގެ ކީޕަރުމަތަކޮށްފައެވެ.

މިނިވަން ޗެންޕިއަންޝިޕް 2016 ގެ ފ.އަތޮޅު މުބާރާތް އޮންނާނީ މި އޯގަސްޓް މަހު 22-29 އަށް ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*