ސްޓޭޑިއަމްގައި ލައިޓްޖެހުމަށް ކޮންޓްރެކްޓަރާ ޙަވާލުކުރުމަށް އަންގައިފި

ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމް

ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ލައިޓްޖެހުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަގެއް ހުށަހަޅާފައިވާ ކޮންޓްރެކްޓަރ، އެޓިޓިއުޑް ޕްރައިވެޓް ލިމިޓެޑް އާއި އެ މަސައްކަތް ޙަވާލުކުރުމަށް ނިލަންދޫ ކައުންސިލަށް މިއަދު ޔޫތް މިނިސްޓްރީން އަންގައިފިއެވެ. ޔޫތް މިނިސްޓްރީން ވާހަކަ ދެއްކި އޮފިޝަލެއް ހާމަ ކުރެއްވި ގޮތުގައި ކޮންޓްރެކްޓްގެ އަގަކީ ގާތްގަނޑަކަށް 1 މިލިޔަން ރުފިޔާއެވެ. ކޮންޓްރެކްޓްގެ މުއްދަތަކީ 105 ދުވަހެވެ.

މި މަސައްކަތް ނިމިގެން ދާއިރު ނިލަންދޫ ސްޓޭޑިއަމްގައި 60 ފޫޓް އުސް 6 ދަނޑި ޖަހާނެއެވެ. އަދި މި ދަނޑިތަކުގައި ޖުމްލަ 32 ލެޑްލައިޓް (100 ވޮޓްސްގެ) ހަރުކުރާނެއެވެ. މި މަސައްކަތް ނިމުމުން ނިލަންދޫ ސްޓޭޑިއަމްގައި ރޭގަނޑު ކުޅުމުގެ މަގު ފަހިވެގެންދާނެއެވެ.

މީގެ އިތުރުން ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލް ދަނޑުގައި ކުރަންހުރި މަސައްކަތްތައްވެސް ކުރުމަށްވަނީ ކޮންޓްރެކްޓަރާއި ޙަވާލުކުރުމަށް މިއަދު އަންގާފައެވެ. އެ މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 7 ލައްކަ ރުފިޔާއަށް އަޙްމަދު މުޢާޒު/ ނަޒުމް އާއިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*