ގްރެފިކް ޑިޒައިން އަދި ކްރިއޭޓިވް ސްޓަޑީޒް ޓްރެއިނިންގ ޕްރޮގްރާމެއް ނިލަންދޫގައި ފަށައިފި

ގްރެފިކް ޑީޒައިން އަދި ކްރިއޭޓިވް ސްޓަޑީޒް ޓްރެއިނިންގ ޕްރޮގްރާމެއް ނިލަންދޫގައި ފަށައިފި  އެވެ.

މޯލްޑިވްސް އެކަޑެމީ އޮފް ވިޝުއަލް ކޮމިއުނިކޭޝަން އާއި ފ.އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ފުރަތަމަ ބެޗް އިއްޔެ ފަށާފައިވާއިރު، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި، އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ޢުމުރުން ބާރަ އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން ޝައުޤުވެރިވާ ފަރާތްތަކަށް މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތުވަނީ ހުޅުވާލާފަ އެވެ.

ކޮންމެ ބެޗެއްގައި 25 ގަޑިއިރު ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 200 ވަރަކަށް ބައިވެރިން މި ޕްރޮގްރާމްގައި ބައިވެރި ވުމަށް ނަން ނޯޓުކޮށްފައވާ ކަމަށް ނިލަންދެ.ކޮމް އަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވާ ދެއްވަނީ މޯލްޑިވްސް އެކަޑެމީ އޮފް ވިޝުއަލް ކޮމިއުނިކޭޝަންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*