ނިލަންދޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ނިލަންދޫ ބިއްހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫގެ ތެރެއިން ބިއްހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ހެނދުނު ފެށި މި މަސައްކަތް ނިމޭއިރު ނިލަންދޫއަށް 10 ހެކްޓަރުގެ ބިން އިތުރުވެގެންދާނެއެވެ.

ބިއްހިއްކުމުގެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ކުރަމުން ގެންދަނީ ވިލާ ޝިޕިންގ ގެ ފަރާތުންނެވެ. ބިއްހިއްކުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެލައްވާ ނިޒާރު ހާމަކުރެއްވި ގޮތުގައި މި މަސައްކަތް ގާތްގަނޑަކަށް 3 މަހާއި 4 މަހާއި ދެމެދުގެ މުއްދަތެއްގައި ނިންމާލެވޭނެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު ބަނދަރު ހެނދުމުގެ މަސައްކަތް ފެށިގެންދާނެވެ. ބަނދަރުގެ އެއްގަމު ފަރާތަށް ގާތްގަނޑަކަށް 800 ފޫޓްގެ ދިގު ވާޓަރެއް ލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ނިލަންދޫ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*