ނިލަންދޫ ފަޅުތެރޭގައި ކުރިއަށްދިޔަ އެއަރޕޯޓް ސަރވޭގެ މަސައްކަތް ނިންމާލައިފި

މުސްތަޤްބަލްގައި ނިލަންދޫ އޮންނާނެ ގޮތުގެ ތަޞައްވުރެއް

ސަރަޙައްދީ އެއަރޕޯޓް ހެދުމަށް ސާވޭ ކުރުމަށް ނިލަންދޫއަށް ދިޔަ ޓީމުގެ މަސައްކަތް ނިންމާލައިފި ކަމަށް ނިލަންދެ.ކޮމް އަށް މަޢުލޫމާތު ލިބިއްޖެ އެވެ.

ސާވޭ ޓީމުން ނިލަންދޫ ތުނޑިން ފެށިގެން މުލީ ބައްތި އާއި ހަމައަށްވާ ފަޅުގެ ސަރަޙައްދު އެއްކޮށް ސާޥޭކޮށް، އެއަރޕޯޓްގެ ސަރވޭއަށް ބޭނުންވާ ސަރވޭ ކޮންޓްރޯލް ޕޮއިންޓްތައް ޖަހާފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ހާމަކޮށްފިއެވެ. މިކުރެވުނު ސާވޭގެ އަލީގައި އެއަރޕޯޓް ނިލަންދޫ ފަޅުގައި އޮންނަންވީ ގޮތާއި ސަރަޙައްދު ދެނެގަނެވޭނެއެވެ.

އެއަރޕޯޓް އެޅުމަށް ހަދަންޖެހޭ ސާވޭ ކޮށްފައިވަނީ ޗައިނާ ކުންފުންޏަކުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*