ނިލަންދޫ އެއަރޕޯޓް ސަރވޭގެ މަސައްކަތް ފަށައިފި

އެއަރޕޯޓް ސަރވޭގެ މަސައްކަތް ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

ފ.ނިލަންދޫގައި ހަދާ ރީޖަނަލް އެއަރޕޯޓް ނިލަންދޫ ފަޅުގައި ހަދާނެ ސަރަޙައްދެއް ކަނޑައެޅުމަށް ހަދަންޖެހޭ ސަރވޭގެ މަސައްކަތް މިއަދު ފަށައިފިއެވެ. ޗައިނާގެ އެއިރޮސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕްގެ ޓީމް ކުރަމުންދާ މި މަސައްކަތް މާދަމާގެ ނިޔަލަށް ނިންމާނެއެވެ.

ސަރވޭ ކުރުމަށް ޙަރަކާތްތެރިވާ ޓީމުގައި ޖުމްލަ 3 މީހަކު ޙަރަކާތްތެރިވެއެވެ. މި ފަރާތްތަކަށް އެހީތެރިވުމަށް ފ.އަތޮޅު ކައުންސިލާއި ނިލަންދޫ ކައުންސިލުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

ނިލަންދޫގައި ހަދާ އެއަރޕޯޓްގެ ސަބަބުން ފ.އަތޮޅާއި ދ.އަތޮޅުގެ އުތުރު ބިތް ހިމެނޭ ސަރަޙައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 9 ހާސް ރައްޔިތުންނާއި މި ސަރަޙައްދުގައި މިހާރުވެސް ހިންގަމުންދާ 4 ރިޒޯޓަށް ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*