އެއަރޕޯޓް ސަރވޭ ކުރާޓީމް މާދަމާ ނިލަންދޫއަށް ދާނެކަމަށް އެޓީމުން ބުނެފި

ސަރވޭ ކޮންޓްރޯލް ޕޮއިންޓް ޖަހަނީ

ފ.ނިލަންދޫގައި ހަދާ ރީޖަނަލް އެއަރޕޯޓްގެ ސަރވޭއަށް ދިއުމަށް ހަމަޖެހިފައިވާ ޗައިނާގެ އެއިރޮސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕްގެ ޓީމް މާދަމާގެ ވަގުތެއްގައި ނިލަންދޫއަށް ދާނެކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

“ނިލަންދެ” އަށް މަޢުލޫމާތު ދެއްވަމުން އެކުންފުނީގެ ޓީމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ވިންސަން ވިދާޅުވީ އެބޭފުޅުން ނިލަންދޫއަށް ދިއުމަށް ހަމަޖެހިފައިވަނީ ނިލަންދޫ “ފަސޭހަ” ބޯޓުން ކަމަށެވެ.

އެއަރޕޯޓްގެ ސަރވޭއަށް ބޭނުންވާ ސަރވޭ ކޮންޓްރޯލް ޕޮއިންޓްތައް ނިލަންދޫގައިވަނީ އިއްޔެގެ ވަގުތެއްގައި ޖަހާފައެވެ. އެގޮތުން ނިލަންދޫގެ އިރުމަތީ ބަނދަރުގައި، ނިލަންދޫ ފުޓްބޯޅަ ދަނޑު ކައިރީ ބޮޑު މަގުގައި، އަދި ސްޓޭޖް ސަރަޙައްދުގައި މީގެ ކޮންޓްރޯލް ޕޮއިންޓްތައް ޖަހާފައިވެއެވެ.

ކޮންޓްރޯލް ޕޮއިންޓްތައް ޖެހުމަށްފަހު މިއަދުގެ ވަގުތެއްގައި އެމަސައްކަތްކުރި ޓީމުންވަނީ އެނބުރި މާލެ އައިސްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*