ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވާން ފަށައިފި

ހޮޅިލައިން އެޅުމަށް ތައްޔާރުވަނީ. (ފޮޓޯ: އެފްބީ)

ނިލަންދޫގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަސައްކަތް ސަބްކޮންޓްރެކްޓަށް ނަގާފައިވާ ވިލާ ޝިޕިންގ ކުންފުނިން ފަށައިފިއެވެ. އެގޮތުން، ބިއްހިއްކުމަށް ވެލިނަގަންޖެހޭ ސަރަޙައްދުން ވެލި ފޮނުވުމަށް އަޅާ ހޮޅިލައިން އެޅުމުގެ މަސައްކަތް އެކުންފުނިން މިއަދުވަނީ ފަށާފައެވެ.

އެކުންފުނިން ހާމަކުރާ ގޮތުގައި، އެންމެ ގިނަވެގެންވެސް ދެ ދުވަސްތެރޭގައި މި މަސައްކަތް ނިމި ޓްރެޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް ފެށޭވަރުވާނެއެވެ.

ބަނދަރުހެދުމުގެ މަޝްރޫޢުގައި ހިމެނިގެން، 10 ހެކްޓަރުގެ ބިން ނިލަންދޫގައި ހިއްކާނެއެވެ. މުޅި ޕްރޮޖެކްޓްގެ އަގަކީ ގާތްގަނޑަކަށް 62 މިލިޔަން ރުފިޔާއެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*