ސަރވޭ ކޮންޓްރޯލް ޕޮއިންޓްތައް ޖަހާ ޓީމް މާދަމާ ނިލަންދޫއަށް ދާނެ: ރީޖަނަލް އެއަރޕޯޓްސް

މުސްތަޤްބަލްގައި ނިލަންދޫ އޮންނާނެ ގޮތުގެ ތަޞައްވުރެއް

ނިލަންދޫ ފަޅުތެރޭގައި ހަދާ ސަރަޙައްދީ އެއަރޕޯޓްގެ ސަރވޭއަށް ވޭނުންވާ ސަރވޭ ކޮންޓްރޯލް ޕޮއިންޓްތައް ޖަހާ ޓީމް މާދަމާ ނިލަންދޫއަށް ދާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ހާމަކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ވާހަކަ ދެއްކެވި އޮފިޝަލެއް ހާމަކުރެއްވި ގޮތުގައި މި ޓީމުގެ ފަރާތުން ހާމަކަން ބޮޑު 3 ސަރަޙައްދެއްގައި ކޮންކްރީޓް ބުޑު އަޅައިގެން 3 ޕޮއިންޓެއް ޖަހާނެއެވެ. މި ޕޮއިންޓްތަކުގެ އެހީގައި ނަގާ މަޢުލޫމާތުން އެއަރޕޯޓް ނިލަންދޫ ފަޅުގައި އޮންނަންވީ ގޮތާއި ސަރަޙައްދު ދެނެގަނެވޭނެއެވެ.

މިޓީމުގެ މަސައްކަތް ނިމުމާއެކު، މި ހަފްތާ ތެރޭގައި އެއަރޕޯޓް ސަރވޭއަށް ދިއުމަށް ހަމަޖެހިފައިވާ ޗައިނާ ކުންފުނީގެ ބޭފުޅުންވެސް ނިލަންދޫއަށް ދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

  1. ސައުދީއަށް ވިއްކާލީމަ އޮންނަ ގޮތްދޯމީ.. އަދިތިޔަ ޢަބުދުﷲ ޚަލީލުވެސް މިކަމާއި ދެރަވާނެ ދުވަހެއް އަންނާނެ

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*