ނިލަންދޫ “ދަހަނާ” ދޯނީގެ ބަޔަކު ކަނޑުވެފައި ވަނިކޮށް އެމްއެންޑީއެފުން އެމީހުން ސަލާމަތްކޮށްފި

ދ. ހުޅުވެހި ކިޔާ ފަޅުރަށް ކައިރިއަށް ފާނަ މަސްވެރިކަން ކުރަން މޫދަށްއެރި އުޅުމުގެ ތެރޭގައި ކަނޑުވިބަޔަކު އެމްއެންޑީއެފް ސެންްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިއަދު 14:50 ހާއިރު ހިނގި މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ދ.ކުޑަހުވަދޫގައި އޮތް ހާބަރ ކްރާފްޓް އެސަރަހައްދަށްގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތްފަށާފައިވާކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ 12 މީހުންނާއިއެކު ފ. ނިލަންދޫ އިން ފާނަ މަސްވެރިކަން ކުރަން ނިކުތް 30 ފޫޓުގެ ” ދަހަނާ ” ނަމަކަށްކިޔާ މި ދޯނިން މޫދަށްފޭބި އަށް ދިވެހިން އެމްއެންޑީއެފް ސެންްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ސަލާމަތްކޮށްފައިވާކަމަށެވެ.

އިތުރަށް އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މަސްވެރިކަމު ދިޔަ ދޯނީގެ އިންޖީނު ހުއްޓިގެން ދޯނި އޮޔާ ދިއުމާގުޅިގެންކަމަށެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ލިބުނު އިރު މި ދޯނިވަނީ މީހުން މޫދަށް ބޭލި ހިސާބަށްވުރެ 2.5 މޭލު ބޭރަށް އޮޔާ ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*