މިނިވަން ޗެންޕިއަންޝިޕް 2016: ނިލަންދޫ ޓީމަށް ފަންޑު ހޯދުމަށް މިއަދަކީ މަސައްކަތުދުވަހެއް

މިނިވަން ޗެންޕިއަންޝިޕް 2016ގައި ބައިވެރިވާ ނިލަންދޫ ޓީމަށް އެހީވުމަށް މަސައްކަތުދުވަހެއް ފާހަގަކުރަން މިއަދު ފަށައިފިއެވެ. ނިލަންދޫ ކައުންސިލުން އެކުލަވާލާފައިވާ މިނިވަން 50 ޗެންޕިއަންޝިޕްގެ ޓާސްކް ފޯހުން ހާމަކުރި ގޮތުގައި މިގޮތުން ލިބޭ ފަންޑް ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެ މުބާރާތުގައި ބައިވެރިވާ ފުޓްބޯޅަ ޓީމާއި ގުޅުންހުރި އެކި ކަންކަމުގައެވެ.

މިނިވަން ޗެންޕިއަންޝިޕް 2016 އޮންނާނީ މި އޯގަސްޓް މަހު 22-26 އަށް ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ނިލަންދޫގެ އިތުރުން ފ.ދަރަނބޫދޫއާއި މަގޫދޫން ބައިވެރިވެފައިވެއެވެ.

މިނިވަން 50 މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަންއަކީ ދަރަނބޫދޫއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*