މަސައްކަތު ދުވަހުން 95,291ރ ހޯދައިފި

ނިލަންދޫ ފުޓްބޯޅަ ޓީމަށް އެހީވުމަށް އިއްޔެ ފާހަގަކުރި މަސައްކަތު ދުވަހުން 95,291 ރުފިޔާ ހޯދައިފި ކަމަށް ނިލަންދޫ ރަށު ކައުންސިލުން އެކުލަވާލާފައިވާ ޓާސްކްފޯސް ކޮމިޓީން ވާހަކަ ދެއްކެވި އޮފިޝަލެއް ހާމަކުރައްވައިފިއެވެ.
އޮފިޝަލް ހާމަކުރެއްވި ގޮތުގައި 2200 މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫ ރައްޔިތުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
ނިލަންދޫ ފާހަގަ ވެގެން ގޮސްފައިވަނީ ގިނަ ޢަދަދެއްގެ ގައުމީފެންވަރުގެ ކުޅުންތެރިން އުފައްދާ ރަށެއްގެ ގޮތުގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*