ނަރުދަމާގެ އައުޓް ފްލޯ ފަޅައިގެން ގޮސް ރަށު ގޮނޑުދޮށަށް ނަޖިސް ފައިބަނީ

ނަރުދަމާ ނިޒާމްވަނި ބޮޑު މަރާމާތަކަށް ބޭނުންވެފައި

ނަރުދަމާ ހޮޅި ގޮނޑުދޮށުން ފަޅައިގެން ގޮސްފައި

ނިލަންދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ މޫދަށް ނަޖިސް ފޮނުވާ ހޮޅި ގޮނޑުދޮށަށް ބޭރުވެފައި ހުރި ހިސާބުން ފަޅައިގެންގޮސް، ނަރުދަމާއިން ބޭރުކުރާ ނަޖިސް ރަށުގެ ގޮނޑުދޮށަށް ފައިބަމުން އެބަދެއެވެ. “ނިލަންދެ” އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮޅި އެގޮތަށް ފަޅައިގެން ގޮސްފައި ހުންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެދާނެއެވެ.

މީގެ އިތުރުން ނަރުދަމާއިން ފެށިގެން ގޮނޑުދޮށާ ހަމައަށް އަޅާފައިވަނީ ހަތަރު އިންޗީގެ ޕްލާސްޓިކް ހޮޅިއެއް ނަމަވެސް، އެހޮޅީގެ ގޮނޑުދޮށާވީކޮޅުން މޫދަށް ނަޖިސް ބޭރުކުރުމަށް ލައްވާފައިވަނި ހަ އިންޗީގެ ހޮޅިޔަކަށްވުމުން ދެހޮޅި ދެމެދުން ގޮޑުދޮށަށް ނަޖިސް ފައިބަމުން ދެއެވެ.

ހައިންޗީގެ ހޮޅި ހެޅުމުގެ ކުރިން މޫދަށް ނަޖިސް ބޭރުކުރުމަށް އަޅާފައިވާ ހޮޅިލައިންގެ ދިގުމިނުގައި ގޮނޑުދޮށުން ފެށިގެން  ގާތްގަނޑަކަށް 200 ފޫޓް ހުންނާނެ ކަމަށްވެއެވެ. ނަމަވެސް މިހާރު އަޅާފައިވާ ހޮޅިވަނީ ރަށާ އިންވެގެން އޮންނަ އާނުގަނޑުގެ ބޭރަށް ދޫކޮށްލާފައެވެ.

ހޮޅި ފަޅާއިގެން ގޮސްފައިވުމުުންނާއި ރަށާއި ކައިރިއަށް ނަޖިސް ދޫކުރުމުގެ ސަބަބުން އެ ސަރަޙައްދުގައި ނަޖިސްވަސްވަނީ ވަރަށް ގަދައަށް ހިފާފައެވެ.

ނިލަންދޫ ނަރުދަމާ ނިޒާމުގައި މައްސަލަތައް ޖެހުމުގެ ސަބަބުން ރަށުގެ އެތައް ހިސާބުތަކުގައިވާ ޖަންކްޝަންތަކުން ނަޖިސްއަރާތާ އެތައް ދުވަހެއް މިހާރުވަނީ ވެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*