ތަޖްރިބާ ހޯދުމުގެ ދަތުތެއްގައި ފ.އަތޮޅުގެ ޓީމެއް ވ.އަތޮޅަށް

ފ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތީން، ފ.އަތޮޅުގައި ހިމެނޭ ހުރިހާ ކައުންސިލްތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް މިއަދު ވ.އަތޮޅަށް ހިގައްޖެއެވެ. މި ތަޖްރިބާ ދަތުރުގައި ވ.އަތޮޅުގެ ރަށްރަށުގައި ސަރުކާރުގެ އައިޓީ ވިއުގަ، “ޖެމްސް” ބޭނުންކުރާ ގޮތް ދެނެގަތުމާއި އެވިއުގަ އިތުރަށް ދަސްކުރުން ހިމެނިގެންދެއެވެ.

މީގެ އިތުރުން، ފ.އަތޮޅަކީ މިހާރު ވަރަށް ބާރަށް ޓޫރިޒަމް ފެތުރެމުންދާ އަތޮޅަކަށްވާތީ، ވ.އަތޮޅުގެ ރަށްރަށުގައި މިކަން ކުރަމުންދާ ގޮތް ވެސް ބަލައި، ވ.އަތޮޅުގެ ތަޖްރިބާ ދެނެގަންނާނެއެވެ.

ވ.އަތޮޅަށް ދިޔަ މި ދަތުރުގައި، ފ.އަތޮޅު ކައުންސިލްގެ އިސް ބޭފުޅުންނާއި، ރަށްރަށުގެ ކައުންސިލްތަކުގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*