ނިލަންދޫ ބިންހިއްކުމާއި ބަނދަރުހެދުމުގެ އީއައިއޭ ފާސްކޮށްފި

ނިލަންދޫ އަލަށްހަދާ ބަނދަރު

ފ.ނިލަންދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ މިއަދު މެންދުރެއްހާއިރު އީޕިއޭއިން ފާސްކޮށް އެކަމުގެ ލިޔުން މިއަދު ދޫކޮށްފިއެވެ. މިލިޔުން ދޫކުރުމާއެކު، ނިލަންދޫގެ ބިއްހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

ދިގު އިންތިޒާރަކަށްފަހު ނިލަންދޫގެ ބިއްހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން މިދަނީ، ދިމާވި ސަބަބަކާހުރެ ދެވަނަ ފަހަރަށް އީއައިއޭ ހެދުމަށްފަހުގައެވެ.

ބިންހިއްކުމާއި ބަނދަރު ހެދުމުގެ ތެރެއިން ނިލަންދޫގައި 10 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ސަބްކޮންޓްރެކްޓަށް ބިންހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ވިލާ ޝިޕިންގ ގެ ފަރާތުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*