އޭކޭ ޗެލެންޖު ކަޕް 2016 އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ދަރަބޫދޫ ބީސީ ހޯދައިފި

އޭކޭ ޗެލެންޖު ކަޕް 2016 އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ދަރަބޫދޫ ބީސީ ހޯދައިފި  އެވެ. މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުން ބީސީ ސްޕޯޓްސް މޮޅުވެ ޗެމްޕިއަންަން ހޯދީ ނިލަންދޫ ތިން ހަރުގެ ޓީމާއި ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ޗެމްޕިއަން ޓީމަށް 6،000 ރުފިޔާ އަދި ރަނަރ އަޕް ޓީމަށް 1،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބީސީ ސްޕޯޓްސްގެ ޖޯޒީ ނަމްބަރ 2 ތަޙޫރާ އެވެ.

ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަތަކަށް އައި ފަރާތްތަކަށް ފައިސާގެ އިނާމާއި ޓޮރޮފީތައް ހަވާލު ކުރުން އޮތެވެ. ފައިސާގެ އިނާމާއި ޓޮރޮފީތައް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާނު ފ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޖަލީލު އަޙުމަދު އާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙުމަދު އާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މައުމޫން ޖަޢުފަރު އެވެ.

ޗެމްޕިއަން ޓީމު: ބީސީ ސްޕޯޓްސް

ރަަނަރއަޕް ޓީމް: ތިން ހަރުގެ

ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ: ތަޙޫރާ / ބީސީ

އެންމެ މޮޅު 6 ކުޅުންތެރިން:

  • ތަޙޫރާ / ބީސީ
  • ޝަފާނާ / ބީސީ
  • ޣަފޫރާ / އެސްޖީސީ
  • ޒީނާ / ތިން ހަރުގެ
  • ބަޝީރާ / ތިން ހަރުގެ
  • މާޝާ / ފިނިފެންމާ ސްޓާރސް

އެންމެ މޮޅު ކޯޗު: ޖުނައިދު / ބީސީ

ފެއަރ ޕްލޭ ޓީމު: އެފްސީ ފަހުލަވާން

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*