ނިލަންދޫއަށް ހަގީގީ ތަރައްގީ އަންނަމުންދޭބާ!

ތަރައްގީއެއް އަންނާނީ ރަށުގެ ހުރިހައި ދާއިރާއަކުންވެސް އެކަމަށް މަސައްކަތްކޮށްގެން

އާބާދީއާއި ބިމުގެ ގޮތުން އަތޮޅުގެ އެންމެ ބޮޑުރަށް، ނިލަންދޫގެ ތަރައްޤީއާމެދު ކުރެވޭ އުއްމީދުތައް ބޮޑެވެ. ކިތަންމެ ކުޑަނަމަވެސް ފުރުޞަތުތަކެއް އޮތްކަމަށް ބެލެވޭ މިއަތޮޅަކީ ތަރައްގީގެ ގިނަ މިޝްރޫތަކެއް ފެށިފައިވާ އަތޮޅެކެވެ. އެހެން ނަމަވެސް ނިލަންދޫއާއި ފ.އަތޮޅަށް އަންނަމުންދާ ތަރައްގިއަކީ ހަގީގަތުގައިވެސް މަޑު ދުވެއްޔެއްގައި އަންނަ ތަރައްގީއެއްކަމަށް ގަބޫލުކުރެވެއެވެ. މިކަމުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. ބައެއްފަހަރު ސިޔާސީ ސަބަބުތަކެކެވެ. އާއިލީ ކޯޅުން ތަކެކެވެ. ނުވަތަ ޒުވާނުންގެ ޚިޔާލާއި ފިކުރު ރަށުގެ ތަރައްޤީއާހަމަޔަށް ގެންދެވިފައި ނެތީއެވެ.

އަޅުގަނޑުގެ މި މަޒުމޫނުގުގައި ރަށުގެ އެކި އިދާރާތަކަށް އަލިއަޅުވާލަން ގަސްދުކުރަމެވެ. އަދި އެކި އިދާރާތަކުގައިހުރި ފާހަގަަކޮށްލެވޭ ކަންކަމާމެދު އަޅުގަނޑުގެ ޚިޔާލާއި، ލިބުނު ބައެއް މައުލޫމާތުތައް ހުށައަޅާލަން ގަސްދުކުރަމެވެ. މިއީ ފަހަރެއްގައިވެސް ވަކި މީހަކަށް އަމާޒުކުރެވި، ވަކި ޕާޓިއެއްގެ ފިކުރުގައިހުރެ، ނުވަތަ ރަށުގެ ވަކި އާއިލާއަކަށް ނިސްބަތްވާގޮތަށް ލިޔާ ލިޔުމެއް ނޫނެވެ. އެހެނަސް، ނިލަންދޫގެ ދަރިއެއްގެ ހައިސިއްޔަތުން އަޅުގަނޑު ކަންބޮޑުވާ ބައެއް ކަންކަން މި ލިޔުމުގައި ހުށައަޅާލަން ގަސްދުކުރަމެވެ.

އެގޮތުން ފުރަތަމަ މި ނަޒަރު ހިންގާލަނީ ޚުދު އަޅުގަނޑާވެސް ގުޅުން ހުރި ދާއިރާއަކަށެވެ. ތަޢުލީމީ ދާއިރާއެވެ. މިއަދު ނިލަންދޫގެ ތައުލީމީ ހާލަތަށް ވިސްނާލާއިރު، ތައުލީމީ ގޮތުން ނިލަންދޫ އޮންނަންޖެހޭ ހާލަތަށްވުރެ ދަށުގައި އޮތްކަމަށް ގަބޫލުކުރެވެއެވެ. ތެދުފުޅެކެވެ. ކުދިން ނުކިޔަވަނީ ސުކޫލުން ކިޔަވައި ނުދޭތީއެއް ނޫނެވެ. އަދި ސްކޫލުގައި ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓީޗަރުން ނެތީމައެއްވެސް ނޫނެވެ. އެކަމުގައި މައިންބަފައިގެ ދައުރުވެސް ބޮޑެވެ. އެހެން ނަމަވެސް ތަޢުލީމީ ޖީލެއް ބިނާކުރުމުގައި ސްކޫލުގެ ދައުރު ބޮޑެވެ.

ކުރީގެ ތައުލީމާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ފ.އ.ތ މަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ މިނިސްޓްރީ އޮފް އެޑިއުކޭޝަން
ތައުލީމާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ފ.އ.ތ މަރުކަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ މިނިސްޓްރީ އޮފް އެޑިއުކޭޝަން

2006ވަނަ އަހަރުގެ ކުރިއާއި ފަހަށް ނަޒަރު ހިންގާލައިފިނަމަ ގްރޭޑު 10 ނިންމާ ދަރިވަރުންގެ ނަތީޖާ އެތައްގުނައަކަށް ރަނގަޅުވެގެން އައިސްފައިވާކަން އެކިއަހަރުތަކުގެ ނަތީޖާތަކަށް ބަލާލުމުން އެނގެއެވެ. އެކަމަށްޓަކައި ﷲއަށް ހަމްދުކޮށް ޝުކުރުކުރަމެވެ. އެހެންނަމަވެސް މިބުނެވިދިޔަ މުއްދަތުގެ ތެރޭގައި ސްކޫލު ނިންމާ ކުދިންގެ އަޚްލާގީ ފެންވަރާމެދު ވިސްނަވާލެއްވުނު ތޯއެވެ. ރަށުގެ އާބާދީގެ ތެރެއިން ޅަޒުވާން ކުދިންނާއި އެއަށްވުރެވެސް އުމުރުގެ ގޮތުން ހަގު ކުދިންގެ އުޅުމާއި އެކުިދންގެ އަޚްލާގާމެދު ވިސްނަވާލައްވަމާތޯއެވެ. އަނެއްކާވެސް މިކަމުގައި ބެލެނިވެރިންނާ ހަމައަށް ދާންވީތޯއެވެ. ހެނދުނު 6.00ން މެނދުރު 12.00އަށް އެކުދިން ސްކޫލުގައި ހޭދަކުރާވަގުތު ސްކޫލުގެ ވެރިންނާއި މުދަރިސުންނަށް އެކުދިންގެ އަޚްލާގު ވަކިގޮތަކަށް ބައްޓަން ކުރެވުނީ ކޮންކަމެއްތޯ ވިސްނަވާލެއްވުން ރަނގަޅެވެ. އަޅުގަނޑު ފަހަރެއްގައިވެސް ސްކޫލުގެ ހުރިހައި ބޭފުޅުންގެ ވާހަކަ ދައްކަވީއެއްނޫނެވެ. އެހެންނަމަވެސް އެޒިންމާ އުފުލަންޖެހޭ ބަޔަކު އެކަމުން ދުރުވާތީ އެވާހަކައަށްވެސް އިޝާރާތް ކޮށްލެވެނީއެވެ. ‘ލީޑިންގ ޓީޗަރުންގެ’ ތޮފި އަޅުއްވައިގެން ތިއްބެވި ބޭފުޅުންނަށް ސްކޫލުގެ ޓީޗަރުންގެ މަސައްކަތް ‘ލީޑް’ކޮށްދޭވޭތޯއެވެ. މިއީ އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލެކެވެ. ސުވާލަށް ޖަވާބުދެމުން ތަނުގައި މަސައްކަތް ކުރައްވާ ޓިޗަރަކު ވިދާޅުވީ “މާލޭގައި ލީޑިންގ ޓީޗަރުން އަދަބު ކުލާސްތައް ކައިރީ ހިނގިޔަކަސް، މިތަންތާކު ތިޔަކަމެއް ނޯވޭ” މިފަދައިންނެވެ. ހާދަހާ ދެރައެވެ. ފ.އ.ތ.މަރުކަޒުގެ ކުލާހެއްގައި ކުއްޖަކު ޓީޗަރުގެ ފަހަތުން ދަނގަޑު ފަތިގަނޑު ހިފައިގެން ދުވާ މަންޒަރު އަޅުގަނޑަށްފެނި ސުވާލުކޮށްލުމުން ދިން ޖަވާބުން ހަގީގަތުގައިވެސް ދެރަވިއެވެ. އެފަދަ ކިތަންމެ ކުދިންނަށް ކޮންމެ ސްކޫލެއްގައިމެ ކިޔަވަމުންދާނެއެވެ. އަދި ޓީޗަރުންނަށް އެފަދަ ކުދިންގެ ސަބަބުން ކިޔަވައިދިނުމަށް ދަތިވެ އެކަމުގެ ޝަކުވާ ކޮންމެ ސުކޫލެއްގެ ޓީޗަރުންވެސް ކުރާނެއެވެ. އެފަދަ ކަންކަމުގަި ލީޑިންގ ޓީޗަރުންނާއި ކުދިންގެ އިތުބާރު ލިބިފައިވާ ‘ހަރު’ ބޭބޭފުޅުންގެ އެހީއާއި އެއްބާރުލުން ލިބޭނަމަ މިހާރަށްވުރެ ކުދިންގެ އަޚުލާގު ރަނގަޅު ކުރެވޭނެއެވެ. އެއީ ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއަކުން އައިސްފައިވާ ކުއްޖަކަށްވީތީ އެކުއްޖާ ރަނގަޅު ނުކުރެވޭނެކަމަށް ބެލެވޭ ބެލުމަކީ ގޯހެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެކުދިންގެ ބައިންބަފައިންގެ އަޅާލުން ނުލިބެއޭ ބުނެ ސްކޫލުގެ ތެރެއިންވެސް އެފަދަ ކަންކަން ނުބަލައި ދޫކޮށްލުން ބުއްދިވެރިއެއް ނޫނެވެ. އަޚްލާގީ ފެންވަރު ދަށްވުމުގެ ސަބަބުން ހަގީގަތުގައި ސްކޫލަށް ލިބެން ޖެހޭ އެންމެ ރަނގަޅު ނަތީޖާ ހޯދެމުން ނުދާކަން ތަނުގެ އެންމެ އިސްވެރިންވެސް މިއަދު ގަބޫލުކުރައްވާނެއެވެ. ނިލަންދޫ ސްކޫލުގައި މަސައްކަތްކުރާތާ ގާތްގަނޑަކަށް 12 އަހަރުވެފައިވާ މުދައްރިސަކާއެކު މިމައުޟޫގައި އަޅުގަނޑު ވާހަކަ ދައްކަމުން ދިޔައިރު ސްކޫލުގެ ދަށް ގްރޭޑްތަކުގެ ކުދިންގެވެސް އަޚްލާގީ ފެންވަރު ވަރަށް ދަށްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގްރޭޑް 4، 5ގައިވެސް އަޚްލާގީފެންވަރު ވަރަށް ދަށް ގިނަ ކުދިން ތިބިކަން ފާހަގަކުރެއްވިއެވެ.

އެއުމުރުގައިވެސް ‘ސިނގިރޭޓު’ ބޮއި އެކަނި މާއެކަނި ރަށުގެ ބައެއް ހޯޓާ ތަކަށް ސައިބޯންގޮސްހަދާ ކުދިން އަޅުގަނޑާވެސް ބައްދަލުވިއެވެ. ހުކުރު ދުވަސްދުވަހު ހުކުރު ނަމާދަށްގޮސް، ޚުތުބާ ނިމެންދެން ‘އައްޑަނަ’ ފިހާރަކައިރީ މަޑުކޮށްގެން ތިބޭ ކުދިންނެއްވެސް މަދެއް ނޫނެވެ. އަދި ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްދުވަހު ހަވީރު ނިމި އިރުއޮއްސިދާއިރުވެސް ‘ބޮނޑު ބަނދަރަށް’ މޫދަށް ގޮސް އުޅޭ ކުދިންވެސް މަދު ނޫންކަން ފާހަގަކުރެވުނެވެ. މިއީ މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވާންވީ ކަންކަތައްތަކެކެވެ. އެހާ ޅައުމުރުގެ ކުދިބަޔަކަށް މިވަރުގެ މިނިވަންކަމެއް ދެވިފައި އޮތުމަކީ ކުއްޖާގެ މުސްތަޤުބަލް އަލިފާނަށް އެއްލާލުން ފަދަ ކަމެކެވެ. ގްރޭޑް 4 ނުވަތަ 5 ގައި ކިޔަވަމުންދާ ކުދިންނަކީ އަދި ‘ކުޑަ’ ކުދިންނެވެ. އެކުދިންނަކީ ހިފެހެއްޓެން ޖެހޭނެ ކުދިންނެވެ. އެހައި ބޮޑަށް ދޫކޮށް ނުލައްވާށެވެ.

ބެލެނިވެރިންގެ ބައްދަލުވުމެއްގެ ތެރެިއން
ބެލެނިވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ޕޮލިސް.އެމްވީ

މިދެންނެވި ކަންކަން ރަނގަޅު ކުރުމުގައިވެސް ސުކޫލުގެ ދައުރެއް އޮތްކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުމެންގެ ޒަމާނުގައި ހުކުރު ދުވަހު ހެނދުނު 11ޖެހުމުން ނަސިންބެއައިސް މޫދުގައި ތިބި ކުދިން ގެއަށް ފޮނުވާފަދައިން މިއަދު ކަންކަން ނުކުރެވިދާނެއެވެ. އެހެންނަމަވެސް އެކުދިންގެ މައިންބަފައިންނާ ބައްދަލުކޮށް އެކުދިންގެ އުޅުން އިސްލާހުކުރުމާ ގުޅޭގޮތުން އިރުޝާދު ދެވިދާނެއެވެ. ބެލެނިވެރިންނާއެކު ބޭއްވޭ އާންމު ބައްދަލުކުރުންތައް ގިނަކުރެވިދާނެއެވެ. ކުދިންނަށް އެފަދަ ކަންކަމުގައި ނަޞޭޙަތްތެރިވެވިދާނެއެވެ. ބައެއް ޙާލަތްތަކުގައި ، މައިންބަފައިންނާ ގުޅިންގެން އެފަދަ ކުދިންނަށް ކޮންމެވެސް ކަހަލަ އަދަބެއްވެސް ދެވިދާނެއެވެ. ސްކޫލުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އިތުރު ޙަރަކާތްތަކުގައި އުޅޭ ދަރިވަރުން ޙަރަކާތުން ދުުރކުރެވިދާނެއެވެ. ބައެއް ކުޅިވަރުތައް ކުޅޭ ދަރިވަރުން ކުޅިވަރުން ދުރުކުރެވިދާނެއެވެ. މިފަދަ ‘ނެގެޓިވް ރެއިންފޯސްމަންޓުތަކުން’ ނުގުޑާނަމަ ‘ޕޮސިޓިވް ރެއިންފޯސްކަންޓުތައްވެސް’ ބޭނުންކުރަންވީއެވެ.

ތައުލީމީ މުވައްސަސާއެއްގެ ހަގީގާ މަޤްޞަދުތަކުގެ ތެރޭއި ތިޢުލީމީ ހޭލުންތެރި މުޖުތަމައެއް ބިނާކުރުން އޮންނަފަދައިން ޚުލްގުހެޔޮ ޞާލިހު ކުދިބަޔަކު އުޅޭ މުޖުތަމައެއް ބިނާކުރުންވެސް އޮވެއެވެ. ކަމެއް އިސްލާޙުކުރުމަށް އަބަދުވެސް ކޮންމެވެސް އެއްބަޔަކު އިސްނަގަން ޖެހެއެވެ. ދުނިޔަވީ ހަގީގަތްތަކަށްބަލާއިރު އިސްނަގާ މީހާއަށް ގޮންޖެހުންތަ ކުރިމަތިލާންވެސް ޖެހެއެވެ. އެހެންނަމަވެސް ކެރިގެން ކުރިއަށް ދާން މަސައްކަތްކުރަންވީއެވެ. މިފުރުޞަތުގައި ފ.އ.ތ. މަރުކަޒުގައި ތިއްބެވި ހީވާގި މުވައްޒަފުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތައް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ބަލައިގަނެ ޝުކުރުވެރިވާހާލު އެކަން ފާހަގަ ކުރަމެވެ. އަދި ލީޑީންގ ޓީޗަރުންގެ ތެރޭގައި ތިއްބެވި، ކެރޭ މުރާލި ބޭފުޅުން އެކުރައްވާ މަސައްކަތްވެސް ފާހަގަކުރަމެވެ. އަދި އަތޮޅު ތައުލީމީ މަރުކަޒުގެ އިސް ވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ފާހަގަކުރަމެވެ.

މިއަދު ނިލަންދޫގެ ގިނަ ކުދިން، ޚާއްޞަކޮށް ޅަޒުވާންކުދިންގެ އަޚްލާގީ ފެންވަރާމެދު އަޅުގަނޑުމެން އެންމެންވެސް ވިސްނާލަން ޖެހެއެވެ. ބަދަލުތަކަކަށް އެދިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

ނޯޓު: މިއީ “ނިލަންދޫއަށް ހަގީގީ ތަރައްގީ އަންނަމުންދޭބާ!” މި މައުޟޫގެ ދަށުން އަޅުގަނޑު ލިޔަންފަށާފައވާ ސިލްސިލާ ރިޕޯޓުތަކުގެ ތެރެއިން ފުރަތަމަ ރިޕޯޓެވެ. ކުރިއަށް ހުރި ރިޕޯޓްތަކުގައި މިމަޢުޟޫއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކަށް އަލިއަޅުވާލެވޭނެ ވާހަކަ ކިޔުންތެރިންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

  1. V furihama liyumeh. nama ves gina dhaairaa thakaha ali alhuvaalaafai oiyy nama rangalhu vees. Nilandhoo ah tharaggee naumugai v gina kanthah thakeh eba hutteve. umuraanee gothun balaanama alhugandah. faahaga kurevey gothugai thauleemee meehun thibi navama ves ekasheegenvaa varuge masakkatheh kurevey thaneh nufene eve. zamanaa ehvarah aharemen ves tharaggee vaan eba jehe eve. rashuga local investment thakah furusathu thakeh hoadhai dheven eba jehe eve. council ge zimmaa mikamugai v bodeve. landuse plane eh hedhifa onnathaa alhugandu ge umurun veehaa dhuvaheh mi vee eve. plan eh hedhumakun nufudhe eve. plan aa ehgothah kan kan kurevey thoa ves balan eba jehe eve. bahanaa dhekkun huttaalan eba jehe eve. evves kamakee kuran faseyha kameh nooneve. khaasakoh “umraanee” tharaggee ah emmen fen bovaigenfaivaa dhuvas varehgai vaadhaverikan v bodu vaane eve. kan kan kureveynee v hiyy varu huregennneve. kanthah thah kurumah huri hurihaa mageh, vaseelatheh, adhi ilmeh beynun kohgenneve. ministry akah nuvatha knmeves idhaaraa akah evani mivani kamakaa behey gothun sity eh fonuvaafai vaaneyey bunyas rayyithun kurimathee miadhu baheh nuvikeyne eve. “zamaanee democracy” ey mikiyaa democracy ah loa hulhuven eba jehe eve. “sarukaaru” thakakee mihaaru business company usoolun hingaa thaneh kamaa ekamah heylaa hure professional gotheh gai masakaiyy thakeh kureven eba jehe eve. namaves visnaalamaa thoa eve. council idhiaaraa ey buneema heevanee ufandhuvege certificate aai goatheege registry aa zakaaiyy balaigathumaa baeh kahala fee thah balaiganna idhaaraa eh ge gothuga eve. migothah mikan dhimaa vumugai v gina sababu thah eba hutteve. ehurihaa kamakah dhaakah neyheemeve. islaahu kuran v noonee faidhaa eh kuraane kamah gaboolu kurevey ehcheh alhugandu ge hithah araathee hissaa kollaanameve. muskulhin bune ulhe eve. foruvaafai onna rangadekey hilagandekey vaanee evvareve. bunan mi ulhenee faafu nilandhoo ge rayyithunge budget ah aamdhanee ithuru kureveyne gina kanthah thah kureveyne goiyy goiyy hoadhaa ekan kuran fenna kamasheve. budget ge huri 1 laari haradhu kohgen 2 laari hoadhaane gotheh hoadhan vejje kameve. ehn noon nama eyge beynumeh kobai heyyeve? adhives v gina hiyaalu eba hutteve. ehn namaves mihaa hisaabun kuru kollanameve

    0
    0
  2. ހެޑްލައިން އާ މުޅި އާރޓިކަލް އާ ގުޅުވާނުލެވި ނިންމާލައިފައި. 2 ވަނަ ޕެރެގްރާފުގައި އެކި ދާއިރާތަކަށް މަޒުމޫނުގައި އަލިއަޅޫވާލން ބުނެފަވެސް ނިމުނީ އެއްވާހަކައަކުން. ފެށިވާހަކައިން އިތުރުވާހަކަ އެއް ނެތް ވަރަށް ދަށްފެންވަރުގެ ލިޔުމެއް

    1
    0

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*