ނިލަންދޫ ރައްޔިތުންގެ “އެއާޕޯޓު” ހުވަފެން ހަޤީގަތަކަށް ވަނީ

ނިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ހުވަފެން ކަމުގައިވާ އެއާޕޯޓު އެޅުން ހަޤީގަތަކަށް ވުމުގެ ކުލަވަރު ފެންނަން ފަށައިފިއެވެ. މިގޮތުން އެއާޕޯރޓް ނިލަންދޫގައި އެޅުމަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ސާވޭ ކުރަން ފަށާނެ ކަމާއި މި މަސައްކަތް ކުރާނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ އެއިރޯސްޕޭސް ކޮންސްޓްްރަކްޝަން ގްރޫޕުން ކަމުގައި އަތޮޅު ކައުންސިލުގެ ރައީސް ޢަބްދުލް ޙަމީދު މުޙައްމަދު މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ނިލަންދޫގައި އެއާޕޯޓެއް އެޅުމުން ނިލަންދޫ އާއި އަތޮޅުގެ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ އެވެ.

“އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް އެއާޕޯޓެއް ގާއިމު ކުރެވިގެން ދިއުން” އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސްއިން ވަނީ ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ސަރަހައްދުގެ ސާވޭ އަށް ދާ ޗައިނާގެ އެއިރޯސްޕޭސް ކޮންސްޓްރަކްޝަން ގްރޫޕްގެ ޓީމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އަތޮޅު ކައުންސިލްގައި އެދިފައެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާއިރު ހިނގާ ހުރިހާ ޚަރަދެއް އެ ގްރޫޕުން ދައްކާނެ ކަމަށް ވެސް ރީޖަނަލް އެއާޕޯޓްސް އިން އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*