ޓޫރިޒަމްއަށް ކަނޑައެޅި ބިމުގަ ހުރި ރުއްގަހުގެ ބަދަލު ދޭނެގޮތް ސާފުކުރުމަށް ރަށު ކައުންސިލްގައި އެދެފި

ޓޫރިޒަމް ސަރަޙައްދަށް އަމާޒްކޮށް އެމްޕީ ޢަބުދުﷲ ޚަލީލް ހައްދަވާފައިވާ ޕްލޭން (ފޮޓޯ: ފޭސްބުކް)

ޓޫރިޒަމްގެ މަސައްކަތް ކުރުމަށް ނިލަންދޫގެ ބިނާވެށި ޕްލޭންގައި ކަނޑައަޅާފައިވާ ތުނޑީ ސަރަޙައްދުގެ ރުއްގަހުގެ ބަދަލު ހަމަޖައްސާނެ ގޮތަކީ ކޮބާތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ނިލަންދޫ ރަށު ކައުންސިލްގައި އެދެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވާހަކަދެއްކެވި އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ރުއްގަހުގެ ބަދަލު ހަމަޖައްސާނެ ގޮތް ސާފުވުމާއެކު، ޓޫރިޒަމްގެ މަސައްކަތް ފެށުމަށް ނިލަންދޫ ރަށު ކައުންސިލްއާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.

ޓޫރިޒަމްގެ މަސައްކަތް ކުރުމަށް ނިލަންދޫ ތުނޑީކޮޅުންވަނީ ގާތްގަނޑަކަށް 3 ހެކްޓަރުގެ ސަހަޙައްދެއް ކަނޑައަޅާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*