އަންހެނުން ކޮމިޓީގެެ ރައީސާއަކަށް ހައްވަ

އަލަށް އިންތިޚާބުކުރި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން

އަލަށް އިންތިޚާބުވި ނިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކަށް ޙައްވާާ ޢަބްދުލްޢަޒީޒް ދެވަނަ ދައުރަކަށްވެސް އިންތިޚާބުކޮށްފިއެވެ. ނިލަންދޫ ރަށު ކައުންސިލް އިދާރާގައި އޮތް ވޯޓްލުމުގެ ރަސްމިއްޔާތުގައި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހަތް މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓް ހައްވައަށް ލިބިފައިވެއެވެ. ކޮމިޓީގެ ނައިބު ރައީސާގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ ޚަދީޖާ ޢަލީއެވެ.

ނިލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާޙްކޮށް މެންބަރުންގެ އިޤްރާރުގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.

އަންހެނުން ކޮމިޓީގެ ފަރާތުން ގިނަ ޙަރަކާތްތަކެއް ނިމިދިޔަ ދައުރުގައިވެސް ހިންގާފައިވެއެވެ. އޭގެ ތެރޭގައި އަންހެނުން ހުނަރުވެރި ކުރުވުމުގެ ގޮތުން ތަފާތު ކުރު ކޯސްތައް ހިންގުމާއި، ރަށުގެ ތަރައްޤީއަށް ކުރެވުނު މަސައްކަތުގައި ބައިވެރިވުން ހިމެނެއެވެ.

ނިލަންދޫ ރަށު ކައުންސިލް 2017 ވަނަ އަހަރު އަލަށް އިންތިޚާބުވުމަށްފަހު އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ އިސްކަމެއްދީގެން އެކޮމިޓީ ޙަރަކާތްތެރި ކުރުވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*