މެންބަރ ޑރ. ޚަލީލް ޕީ.އެން.ސީއަށް ސޮއިކުރައްވައިފި

ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު ޑރ. ޚަލީލްގެ މެންބަރޝިޕް ފޯމް ޢަބުދުއްރަޙީމް ޢަބުދުﷲއާއި ޙަވާލުކުރައްވަނީ

ރައީސް ޔާމީން އިސްކޮށް ހުންނަވައި އުފައްދާފައިވާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް ނިލަންދޫ ދާއިރާގެ މެންބަރ ޑރ. ޢަބްދުﷲ ޚަލީލް މިއަދު ސޮއިކުރައްވައިފިއެވެ. މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ޑރ. ޚަލީލްގެ މެންބަރޝިޕް ފޯމާއި ޙަވާލުވެފައިވަނީ ޕީ.ޕީ.އެމްގެ ކުރީގެ ނައިބުރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ޑރ. ޚަލީލް ޕީ.އެން.ސީއަށް ސޮއިކޮށްފައިމިވަނީ ޕީ.ޕީ.އެމްގެ މިލްކުވެރިކަމާއިގުޅޭ މައްސަލައެއް ސްޕްރީމްކޯޓްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

ޑރ. ޚަލީލް މިއަދު ޕީ.އެން.ސީއަށް ސޮއިކުރެއްވިއިރު އެމަނިކުފާނުވަނީ ޕީ.ޕީ.އެމްއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޕާޓީގެ ސެކެޓްރީޖެނެރަލްކަމާއި ކައުންސިލް މެންބަރެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕާޓީ ތަމްސީލު ކުރެއްވުމުގައި އިސްރޯލެއް އަދާކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ރައީސް ޔާމީން އަރިހުގައި ތިއްބެވި ގިނަ މެންބަރުންތަކެއްގެ އިތުރުން ގިނަ ވަޒީރުންތަކެއްވެސްވަނީ މިހާރު ޕީ.އެން.ސީއަށް ސޮއިކުރައްވާފައިކަން ފާހަގަކުރެވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*