މިއުޅެނީ އިމާރާތުގެ މައްސަލައެއްނޫން. މިއުޅެނީ އަޅުގަނޑަށް ކެއްސެއްދިނުމުގެ މައްސަލައެއް – ޑރ. ޚަލީލް

މިއުޅެނީ އިމާރާތުގެ މައްސަލައެއް އޮވެގެނެއްނޫންކަމާއި މިއުޅެނީ ކޮންމެ ގޮތެއްވިޔަސް އެމަނިކުފާނަށް ކެއްސެއް ދެވޭނެގޮތެއް ނެތިގެން އުޅޭ މައްސަލައެއްކަމުގައި ދާއިރާގެ މެންބަރ ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ މަސްލަޙަތުއޮންނަ ކޮންސްޓްރަކްޝަން ކުންފުނިން ހެޑްމާސްޓަރ ގޯތީގައި އަޅަމުންއަންނަ ސްކޫލްގެ އިމާރާތާއި ގުޅޭގޮތުން ކޮށްފައިވާ ކޮމެންޓެއްގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ އެބަޔަކު އެކުރާ މަސައްކަތަށް (އެމަނިކުފާނުގެ އަގުވައްޓާލުމަށާއި ހަޤީޤަތެއްނެތް ދޮގުވާހަކަ ފެތުރުން) ޖެހިލުންވުމުގެ ކުޑަވެސް މިންވަރެއް އެމަނިކުފާނުގެ ނެތްކަމަށެވެ. އަދި ކަންކަން ސާފު ނުވެގެން އުޅެނީ އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާ އިސްދަށަށް ޖަހުވާނަމޭ ހިތާ އުޅޭބައެއްކަމަށެވެ.

” ކޮން އިންސާނަކަށް އަނެކަކަށް ކެހިދެވޭނީ. އެބަޔަކު އެކުރާ މަސައްކަތަށް ޖެހިލުންވުމުގެ ކުޑަވެސް މިންވަރެއްވެސް މަގޭ ނެތް. ކަންކަން ސާފު ނުވެގެން އުޅެނީ ވާހަކަ ކިޔާ މީހުނަށް މަށާ މަގޭ ޢާއިލާ އިސްދަށަށް ޖަހުވާނަމޭ ހިތާ އުޅޭބަޔަކަށް. އެބަޔަކަށް އެފުރުސަތެއް ނުދޭނަން އިންޝާ ﷲ. މަށަކީ ވަޔައިދެކޮޅަށް ދުއްވަންޖެހޭ ވަގުތު އެގޮތަށް ހުންނަން ކެރޭ މީހެއް. އަދި މީކީ މަށަށް އާކަމެއްވެސް ނޫން” އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޚަލީލް މިފަދަ ކޮމެއްޓެއް ފޭސްބުކް ނިލަންދޫ ގްރޫޕްގައި ކޮއްފައިވާއިރު، މިދިޔަ ދުވަސްތަކުގައި އަދި މިހާރުވެސް ބަޔަކުމީހުން އަންނަނީ ޑރ. ޚަލީލްއާއި ގުޅޭގޮތުން ހަޤީޤަތެއްނެތް އެތަށް ވާހަކަތަކެއް ރައްޔިތުންގެ މެދުގައި ފަތުރަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޑރ. ޚަލީލްގެ މަސްލަޙަތު އޮންނަ ކުންފުނިން ހެޑްމާސްޓަރ ގޯތީގައި އަޅަމުންއަންނަ ސްކޫލް އިމާރާތުގެ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުންތައް އުފެއްދުމަށް ކެނޑިނޭޅިދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަމަ އެއާއިއެކު އެއިމާރާތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން އެމަސައްކަތަށް ބަންދުކުރެވިފައިވާ ގޯޅި ހުޅުވޭތޯވެސް ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ނިލަންދޫ ކައުންސިލާއި ފ. އަތޮޅު ހޮސްޕިޓަލްގެ އެހީތެރިކަމާއިއެކު އޭކޭ ފައުންޑޭޝަންއިން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކާ ތަރައްޤީކޮށްފައިވާ އައުޓްޑޯރ ޖިމްއާއި ގުޅޭގޮތުންވެސް ދަނީ ޙަޤީޤަތެއްނެތް އެތައް ވާހަކަތަކެއް ފަތުރަމުންކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެސް މިފަދަ އެތަށް ކަމެއް ޑރ. ޚަލީލްގެ އަގުވައްޓާލުމުގެ ގޮތުން ނުވަތަ ޑރ. ޚަލީލް ނިކަމެތިކޮށްލުމުގެ ނިޔަތުގައި ބަޔަކުމީހުން ކުރަމުންއަންނަކަން ފާހަގަކުރެވެއެވެ.

ޑރ. ޚަލީލް ވިދާޅުވީ އެމަނިކުފާނަށް ކެހިދޭން މަސައްކަތްކުރާ އެބަޔަކާއިމެދު އެމަނިކުފާނުގެ ހިތުގައި ނަފްރަތު ނުއުފެދޭތޯ ﷲ އަށް ދުޢާކުރާކަމަށެވެ. އަދި ދުނިޔަވީ އަދި އުޚްރަވީ ގޮތުން ކުރިއަށްދިއުމަށް ގަދައަޅާ މަސައްކަތް ކުރުން ފިޔަވާ އިތުރު ނިޔަތެއް އެމަނިކުފާނުގެ ނެތްކަމަށެވެ.

ސްކޫލްގެ މަސައްކަތަށް ބަންދުކޮށްފައިވާ ގޯޅިއާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ނިލަންދޫއަށް ވަޑައިގެންނެވި މިނިސްޓްރީގެ ޓީމާއިއެކު ޕްރިންސިޕަލް ޢަބްދުﷲ އަދި ގޯޅި ހުޅުވުމަށް މަސައްކަތްކުރާ ބަޔަކު ހެޑްމާސްޓަރ ގޯތިތެރޭގައި
އައުޓްޑޯރ ޖިމްގެ އެންމެ ފަހުގެ މަސައްކަތްތަކުގައި ޑރ. ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*