ނިލަންދޫގައި އިސްލާމީ މަރުކަޒެއް ހެދުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއިއެކު މަޝްވަރާކޮށްފި

ނިލަންދޫގެ ތަރައްޤީއާއިގުޅޭ އެކިކަންކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއިބެހޭ މުވައްސަސާތަކާއި ބައްދަލުކޮށްލެއްވުމަށް މިވަގުތު މާލެ ވަޑައިގެންއުޅުއްވާ ނިލަންދޫ ކައުންސިލްގެ ޓީމުން ނިލަންދޫގައި އިސްލާމީ މަރުކަޒެއް ހެދުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއިއެކު މަޝްވަރާކޮށްފި އެވެ. އެގޮތުން ކުރެވުނު މަޝްވަރާގައި ނިލަންދޫގައިޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ފުޅާކުރުމާއި އަދި އިސްލާމިކް ސެންޓަރެއް ހެދުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނުކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓްރީންވަނީ މަޢުލޫމާތު ދެއްވާފައެވެ.

އިސްލާމިކް އެފެއަރޒް މިނިސްޓްރީގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ނިލަންދޫގައި ހުންނަ ޤުރުއާނާއި ބެހޭ މަރުކަޒު ގޮފީގެ ހިންގުން ހަރުދަނާއި ކުރުމާއި ނިލަންދޫގައި ހުރި މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް އިސްލާމިކް އެފެއަރޒްއިން ބުނެއެވެ. މިބައްދަލުކޮށްލެއްވުމުގައި ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލްއާއި ކައުންސިލް މެންބަރު ޢަބްދުއްލަޠީފްގެ އިތުރުން އިބްރާހީމް ޚަލީލް އަދި އެސްޖެހި ރައްޒާޤުވަނީ ބައިވެރިވެފައެވެ.

އިސްލާމީ މަރުކަޒް ޕްރޮޖެކްޓަކީ 2019 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިދެއްވުމަށް އެދި ދާއިރާގެ މެންބަރ ޑރ. ޚަލީލް ފޮނުވާފައިވާ ސިޓީގައި ފާހަގަ ކުރައްވާފައިވާ ޕްރޮޖެކްޓެއްކަން ފާހަގަކުރެވެއެވެ.

މާލޭގެ އިތުރުން އިސްލާމީ މަރުކަޒެއް މިހާތަނަށް އިމާރާތްކޮށްފައިވަނީ ގދ ތިނަދޫގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*