ސުލްޙައަށް ޙަސީބު އިސްމާޢީލް ގޮވާލައްވައިފި

ނިލަންދޫގައި މިވަގުތު އޮތް ދެކޮޅުވެރިކަން ނިމުމަކަށް ގެނައުން ވަރަށް މުހިއްމުކަމުގައި ވިދާޅުވެ ނިލަންދޫގެ ޞުލްޙައަށް ޙަސީބު އިސްމާޢިީލް ގޮވާލައްވައިފިއެވެ. އެގޮތުން މިރޭ މިކަމަށް ގޮވާލައްވައި ޙަސީބު ކުރެއްވި ޕޯސްޓަށް ކޮމެންޓް ކުރެއްވި ބޭފުޅަކު މިކަމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ފާހަގަކުރެއްވިއިރު އެހެން ބޭފުޅަކުވަނީ މިކަމަކީ ވަރަށް ސިމްޕަލް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި އެކޮމެންޓަށް ރިޕްލައި ދެއްވަމުން އެގޮތަށް މަސައްކަތް ކުރަމުންއަންނަކަމަށް ޙަސީބު ވަނީ ވިދާޅުވެފައެވެ.

20181220_224603
އިތުރަށް ޙަސީބު ވިދާޅުވިގޮތުގައި އެބޭފުޅުންގެ ޓީމް އޮތީ އިޖުތިމާޢީ ދުޅަހެޔޮކަމާއި ހަމަޖެހުން އަނބުރާ އިއާދަކުރުމުގެ ވަރުގަދަ ރޫޙެއްގައިކަމަށާއި އެއްމެ ބޭފުޅުންނަށް މިކަމުގައި އެއްބާރުލުން ދެއްވުމަށް އެދޭކަމަށެވެ.
ޙަސީބު އިސްމާޢީލަކީ ރަށާއި ގުޅޭ އެކިކަންކަމުގައި މީސްމީޑިއާގައި އަޑުއުފުލަމުންއަންނަ ބޭފުޅެއްކަން ފާހަކަކޮށްލެވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*