ސްކޮލަރޝިޕްތަކަށް ހޮވުނު ކުދިންގެ ނަންތައް އިޢުލާންކޮށްފި

ފ. ނިލަންދޫގައި ހިންގާ ލިޓްލް ސްޓާރސް ޕްރީސްކޫލުން ދާދިފަހުން އިޢުލާންކޮށްފައިވާ ސްކޮލަރޝިޕްތަކަށް ހޮވުނު ކުދިންގެ ނަންތައް އިޢުލާންކޮށްފިއެވެ. ސްކޮލަރޝިޕްތަކަށް ހޮވުނު ކުދިންގެ ނަންތައް އިޢުލާންކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ބައްދަލުވުމެއްގައި އެ ސްކޫލްގެ މަސްއޫލުވެރިޔާ ޝަޒީލާ މޫސާއެވެ.

ބެލެނިވެރިންގެ ޙާޟިރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ގުރުނަގާފައިވަނީ 2018 ވަނަ އަހަރު އެސް.ކޭ.ޖީ ނިންމި 2 ދަރިވަރުން ކަމުގައިވާ އަލްސަން އިސްމާޢީލް ނަޞީރު އަދި އީނާލް ޢަބްދުﷲ އެވެ. އެގޮތުން އަލްމަރުޙޫމް ޙަސަން ޙަމީދު ސްކޮލަރޝިޕަށް އަލްސަން ގުރުނަގާފައިވާއިރު އަލްމަރުޙޫމާ ޢާއިޝަތު މޫސާ ސްކޮލަރޝިޕަށް ގުރު ނަގާފައިވަނީ އީނާލްއެވެ. އަލްމަރުޙޫމް ޙަސަން ޙަމީދު ސްކޮލަރޝިޕަށް ހޮވިފައިވަނީ ފ. ނިލަންދޫ އަތަމާގޭ އަންޞާރު ޢަބްދުއްރައްޒާޤު (އެސް.ކޭ.ޖީ) އެވެ. އަދި އަލްމަރުޙޫމާ ޢާއިޝަތު މޫސާ ސްކޮލަރޝިޕަށް ހޮވިފައިވަނީ ފ. ނިލަންދޫ އިރުމަތީގޭ ޒަހީން އަޙުމަދު ނިޔާޒު (ނާރސަރީ) އެވެ.

އަންޞާރު ޢަބްދުއްރައްޒާޤު (އެސް.ކޭ.ޖީ)
އަންޞާރު ޢަބްދުއްރައްޒާޤު (އެސް.ކޭ.ޖީ)
ޒަހީން އަޙުމަދު ނިޔާޒު
ޒަހީން އަޙުމަދު ނިޔާޒު

މި ސްކޮލަރޝިޕްތަކަށް ހޮވިފައިވާ 2 ދަރިވަރުންނަށް ސްކޫލް ނިމެންދެން ސްކޫލް ފީ، ފޮތް ލިސްޓް އަދި ޔުނީފޯރމް ސެޓް ސްކޫލްގެ ފަރާތުން ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ.

ދަރިވަރުންނަށްވެސް ނިލަންދެ.ކޮމްއިން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ސްކޮލަރޝިޕްއާއި ގުޅޭ ލިޔުން

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*