އެއަރޕޯޓް ބަހުސް: ސީޕްލޭންގެ ދަތުރުތައްވެސް ފެށުމަށް ވިސްނި. އެކަންނުވީ ޚަރަދު މާބޮޑުވީމަ – ޑރ ޚަލީލް

ސީޕްލޭންގެ ދަތުރުތައް ރާއްޖޭގެ 10 ރަށެއްގައި ފެށުމަށް ސަރުކާރުން ވަނީ 2008 އިން ފެށިގެން ސާވޭ ކޮށްފައިކަމާއި ނަމަވެސް ސީޕްލޭންގެ އޮޕަރޭޓިންގ ކޯސްޓް މަތިވުމާއި ޓިކެޓްގެ އަގު ބޮޑުތަނުން ބޮޑުވީމަ، އެއީ ރައްޔިތުންނަށް އުފުލޭނޭ ބުރަޔަކަށް ނުވާނެތީ އެ 10 ރަށުގައިވެސް އެކަން ކުރެވޭގޮތް ނުވީ ކަމުގައި ދާއިރާގެ މެންބަރ ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ. މެންބަރ މިފަދައިން ވިދާޅުވެފައިވަނީ ޕޭސްބުކް ނިލަންދޫ ގުރޫޕްގައި ނިލަންދޫގައި އެޅުމަށް ވާހަކަދެކެވެމުންދާ އެއަރޕޯޓްއާއިމެދު އެކި ގޮތްގޮތުން ކަންބޮޑުވުން ފާޅުކުރަމުންދާ މިދުވަސްވަރުގައި ކޮށްފައިވާ އެފަދަ ޕޯސްޓަކަށް މެންބަރ ކޮށްފައިހުރި ކޮމެންޓްތަކެއްގައެވެ.

މެންބަރ ވިދާޅުވީ އެއަރޕޯޓެއް އޮޕަރޭޓްކުރުމަކީ އެތައްގޮތަކުން ސީޕްލޭން އޮޕަރޭޓްކުރުމަށްވުރެ އަގު ކުޑަވާނެކަމެއްކަމަށާއި އެއީ އަމިއްލަ ކުންފުނިތަކުންނާއި އަދި ރިޒޯޓް އޯނަރުން މިކަމަށް އިންވެސްޓް ކުރާނެކަމަކަށް މިކަންވާނެތީކަމަށެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ވަޒީފާ އުފެދި އެހެނިހެން އެތައް ފުރުސަތުތަކެއް އެއަޕޯޓާއިއެކު ފަހިވެގެން ދާނެކަމަށާއި ނަމަވެސް އެފަދަ ފުރުސަތުތަކަކީ ސީޕްލޭން ޕްލެޓްފޯމަކުން ފަހިވެގެންދާނެ ކަންކަމެއްނޫންކަމަށެވެ.

މެންބަރު އިތުރަށް ވިދާޅުވިގޮތުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާގެ އެންމެ މުހިއްމު ވަސީލަތަކީ ކުޑަ ޚަރަދަކުން ފަސޭހަކަމާއިއެކު ކުރެވެން އޮންނަ ދަތުރު ފަތުރުގެ ނިޒާމެއްއޮތުންކަމުގައެވެ. އަދި މިކަމަކީ އެތައް ބަޔަކު ކޮށްފައިވާ ދިރާސާތަކަކުން ދައްކާފައިވާ ނަތީޖާކަމަށެވެ. ރާއްޖޭގެ އެއަރޕޯޓްތައް ހުރި ރައްރަށަށް ބަލާއިރު މިއަދު އެރަށްރަށަކީ އިޤްތިޞާދީ އެތައް ފުރުސަތުތަކެއް އުފެދިފައިވާ ރައްތަކެއްކަމުގައިވެސް ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން ދ. ކުޑަހުވަދޫ، އދ. މާމިގިލި، ބ.ދަރަވަންދޫ، އަދި ހދ. ހަނިމާދޫ ފާހަގަކޮށްލެވެއެވެ.

ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް - މާމިގިލި
ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް – މާމިގިލި
ކުޑަހުވަދޫ އެއަރޕޯޓް
ކުޑަހުވަދޫ އެއަރޕޯޓް

މި ރަށްތަކުގެތެރޭގައި ފ. ނިލަންދޫއަށްވުރެ އާބާދީގޮތުން ކުޑަ، ރަށުގައި ހުރެ ލިބޭ ޚިދުމަތްތައް މަދު ރަށްތައް ހިމެނެއެވެ. އަދި މި ހުރިހާ ރަށެއްގައިވެސް އެއަރޕޯޓް އަޅާފައިވަނީ ރަށާއި ގުޅުވައިގެން ރަށުގެ އެއްފަޅީގައިކަން ފާހަކަ ކުރެވެއެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ފަޅުން ބައެއް ހިއްކަން ނުޖެހި ސީދާ ރަށުގެ ބިމުގައި އެއަރޕޯޓް އަޅާފައިވާކަންވެސް ފާހަގަކުރެވެއެވެ. ނަމަވެސް ނިލަންދޫގައި މިހާރު އޮތްގޮތަށް ބަލާއިރު އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ސީދާ ރަށުގެ ބިމުން ބައެއް ނުގެއްލޭގޮތަށް ނަމަވެސް ރަށާއި ގުޅުވައިގެން ރަށުގެ ދެކުނުފަރާތުގައެވެ.

ދަރަވަންދޫ އެއަރޕޯޓް
ދަރަވަންދޫ އެއަރޕޯޓް
ހަނިމާދޫ އެއަރޕޯޓް
ހަނިމާދޫ އެއަރޕޯޓް

އިތުރަށް މެންބަރ ވިދާޅުވެފައިވާގޮތުގައި ޤުދުރަތީގޮތުން އުފެދިފައިވާ ތަންތަން ރީތިކުރަނީ އިންސާނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވި ބުއްދީގެ ބޭނުން ހިފައިގެންކަމުގައެވެ. “އަމިއްލައަށް އަހަރުމެން ސުވާލުކުރުން ކީއްތޯ، ކީއްވެބާއޭ އަހަރުމެން ތަރައްޤީވެފައިވާ ޤައުމުތަކުގަ އުޅެން ބޭނުންވަނީ؟” މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ އެއަރޕޯޓް ނިލަންދޫ ފަޅުތެރޭގައި އަޅާ ލޮކޭޝަނާއިމެދު ޚިޔާލު ތަފާތުވެދާނެކަމާއި ނަމަވެސް މިހާރުގެ ލޮކޭޝަން ނަގާފައިވަނީ އެކަން ކުރެވޭނެ އެންމެ ޚަރަދުކުޑަގޮތަކީ އެއީކަމަށް ބަލައިގެންކަމުގައެވެ. ނަމަވެސް އެމަނިކުފާނަށްވެސް އެންމެ ހިތްގައިމީ ރަށުގެ ފަޅުކޮޅުގަ އެއަރޕޯޓް އެޅުންކަމަށެވ.

2012 ވަނަ އަހަރުގައި ޑރ. ޚަލީލް ތައްޔާރުކޮށްފައިވާ 50 އަހަރުގެ ޕްލޭންގެ ކުރެހުމެއް
2012 ވަނަ އަހަރުގައި ޑރ. ޚަލީލް ތައްޔާރުކޮށްފައިވާ 50 އަހަރުގެ ޕްލޭންގެ ކުރެހުމެއް

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*