ފުޓްސަލް ދަނޑުގެ އެސްޓީމޭޓް ބަލައިގަނެ، ސްޓޭޑިއަމްގައި ލައިޓްޖެހުމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވައިފި

ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަށް އަމާޒްކޮށް ފ.ނިލަންދޫގައި ތަރައްޤީ ކުރަމުންދާ ފުޓްސަލް ދަނޑުގެ ލައިޓް ޖެހުމާއި، ބިންގަނޑު ލެވެލް ކުރުމާއި، ކާނުހެދުމުގެ މަސައްކަތަށް ހުޅުވާލައިފާވާ އެސްޓިމޭޓަށް ތިންފަރާތަކުން މިއަދު ހުށަހަޅައިފިއެވެ. މި މަސައްކަތަށް ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުތައް ހުރީ ހަތްލައްކައާއި އަށްލައްކައާއި ދެމެދުގެ އަގުތަކެއްގައެވެ.

މީގެ އިތުރުން ނިލަންދޫގައި ސަރުކާރުން މިހާރު ރާވައިފައިވާ، ސްޓޭޑިއަމްގައި ލައިޓް ޖެހުމުގެ މަޝްރޫޢުއަށް އެސްޓިމޭޓް ހުށަހެޅުމުގެ ކުރިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންވެސް މިއަދު ވަނީ ބާއްވާފައެވެ. 18 މީޓަރުގެ 6 މާސްޓްގައި 100 ވޮސްޓްގެ 32 ލެޑް ލައިޓް މި މަޝްރޫޢުގެ ދަށުން ހަރުކުރާނެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*