ނިލަންދޫ ރަށު ކައުންސިލްގައި ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފި

ފ.ނިލަންދޫ ރަށު ކައުންސިލާއި ކައުންސިލްގެ ދަށުން ހިންގާ އިދާރާތަކުގައި އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކުން އުފައްދާފައިވާ ބާވަތްތައް 1 ޖެނުއަރީ 2019 އިން ފެށިގެން ބޭނުންކުރުން މަނާކޮށްފިއެވެ. ނިލަންދެއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން އެގޮތަށް ނިންމާފައިވަނީ ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

މި ގޮތަށް ހަމަޖެއްސުމާއެކު، ނިލަންދޫ ރަށު ކައުންސިލުން ހިންގާ އެއްވެސް ޙަރަކާތެއްގައިވެސް ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަނާވާނެއެވެ.

ނިލަންދެއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފުންވެސް އެތާރީޚަށްފަހު ފެން ބުއިމަށް ބޭނުންކުރާނީ ބިއްލޫރި ފުޅިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*