ނިލަންދޫ ރަށު ކައުންސިލްގެ ރައީސްކަމަށް އަނެއްކާވެސް އަޙްމަދު ޢަލީ

އަޙްމަދު ޢަލީ (ކަނާތްފަރާތުން ފުރަތަމަ) ބައްދަލުވުމެއްގައި

ނިލަންދޫ ކައުންސިލްގެ ރައީސްކަމަށް އަޙްމަދު ޢަލީ އަނެއްކާވެސް ހޮވައިފިއެވެ. ކައުންސިލްގެ ރައީސް މުޙަންމަދު ޚަލީލު އިސްތިޢުފާ ދެއްވުމާ ގުޅިގެން އެމަޤާމަށް އޭނާ އެ މަޤާމަށް ހޮއްވަވާފައިވަނީ އިއްޔެބޭއްވި ކައުންސިލްގެ ބައްދަލުވުމުގައެވެ.

ރައީސްކަމަށް އޭނާގެ އިތުރުން ޢަބުދުލް މަޖީދު ވެސް ކުރިމަތިލައްވާފައިވެއެވެ. ރައީސްކަމަށް ހޮވުނު އަޙްމަދު ޢަލީއަށް 3 ވޯޓް ލިބުނު އިރު، މަޖީދުއަށް ލިބިފައިވަނީ 1 ވޯޓެވެ. އެއްވޯޓް ބާތިލްވެފައިވެއެވެ.

ކައުންސިލްގެ ރައީސަކު ހޮވިފައިވަނީ އެކަމަށް ބޭއްވި ދެވަނަ ބައްދަލުވުމުގައެވެ.

  1. ނިލަންދޫގެ ތަރައްޤީއަށްޓަކައި ދާއިރާގެ މެންބަރ ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް ބަލައިގަނެ، އެކަމަށް އެއްބާރުލުންދީ، އިސާހިތަކު ތަަރައްޤީގެ ދުވެލީގައި ކުރިއަރައިގެންދާގެ ފަދަ ރަށަކަށް ނިލަންދޫ ހެއްދެވުމަށް ރަށުކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރަން.

    0
    0

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*