ކައުންސިލްއާއި ސްކޫލް ގުޅިގެން ކުރީގެ ކުނިގޮނޑު ސާފުކޮށްފި

ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން

ފ.ނިލަންދޫ ރަށު ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިލަންދޫ ކުރީގެ ކުނިގޮނޑު ސާރުކުރުމުގެ މަސައްކަތް ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި ގުޅިގެން ކޮށްފިއެވެ. އިއްޔެގެ މި މަސައްކަތުގައި ތަޢުލީމީ މަރުކަޒުގެ 44 މުވައްޒަފެއް ބައިވެރިވެފައިވާއިރު ރަށު ކައުންސިލްގެ 23 މުވައްޒަފުންނާއެކު ޖުމްލަ 67 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ހިތްފަސޭހަ މައިޒާނަކަށް ކުރީގެ ކުނިގޮނޑު ހިމެނޭ ސަރަޙައްދު ބަދަލުކޮށްލުމުގެ ގޮތުން މިހާރުވަނީ އެސަރަޙައްދުގައި ހެދިފައިވާ ގަސްތައް ކޮށައި ރީތިކޮށްފައެވެ. މީގެ އިތުރުން ސަރަޙައްދަށް ދޮންވެލިލައި ރީތި ކުރުމުގެ މަސައްކަތްވެސް ފަށާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*