ބަޖެޓުގައި ރައްޔިތުން އެދޭ މަޝްރޫޢުތައް ހިމަނައިދެއްވާ: ޑރ.ޚަލީލް

2019 ވަނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ޑރ.ޚަލީލް

ނިލަންދޫ ދާއިރާގެ ދެރަށުގެ ތަރައްޤީއަށް ކުރަންހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހިމަނުއްވައި ދެއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބުދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފިއެވެ. ޑރ.ޚަލީލް އެގޮތަށް އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ރޭގެ ވަގުތެއްގައި އެމަނިކުފާނު ޢާންމު ކުރައްވާފައިވާ ސިޓީއެއްގައިވާ ގޮތުން، ނިލަންދޫއަށް ހިމެނުއްވުމަށް އެދިވަޑައިގެންފައިވަނީ، އެއަރޕޯޓް މަޝްރޫޢުއަށް ބޭނުންވާ ބިންހިއްކުމާއި، ނިލަންދޫގެ މަގުތަކުގައި ތާރު އެޅުމާއި، ނިލަންދޫގައި އިސްލާމީ މަރުކަޒެއް ބިނާކޮށް ދިނުމާއި، ނިލަންދޫގައި މިހާރު ހަދަމުންދާ ބަނދަރުގެ ބޭރު ތޮށި ޖެހުމެވެ. ދަރަނބޫދޫއަށް ހިމަނުއްވަން އެދިވަޑައިގެންނެވީ ދަރަނބޫދޫގެ ބަނދަރު މަރާމާތު ކުރުމާއެކު ބޮޑުކުރުމާއި، ދަރަނބޫދޫގެ ފުޓްބޯޅަ ދަނޑުގައި ޒަމާނީ ލައިޓިންގ ސިސްޓަމެއް ހަރުކުރުމެވެ.

ޑރ.ޚަލީލު ސިޓީގައި 2200 މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި އެއަރޕޯޓް ޤާއިމްކުރެވިގެން ދިއުމަނީ ފ.އަތޮޅު ރައްޔިތުންގެ އިތުރުން ދ.އަތޮޅުގެ އުތުރު ބިތުގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށްވެސް އެކަމުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަކީ އިގްތިސާތީ އެތައް ކުރިއެރުންތަކެއް އެސަރަޙައްދަށް ލިބިގެންދާނެ ކަމެއްކަމަށްވެސް ފާހަގަކުރައްވައެވެ.

މީގެއިތުރުން، ދަރަނބޫދޫއަކީ ބަނދަރުގެ ދަތިކަން އިންތިހާއަށް ތަޙަންމަލް ކުރަމުންދާ ރަށަކަށްވާތީ އެރަށުގައި ބަނދަރު ހެދިގެންދިއުން އެއީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށާއި، އެރަށަކީ ކުޅިވަރުގައި ފ.އަތޮޅުގައި އެންމެ ނަގާކިޔާ ރަށްކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމެއްގެ މުހިންމުކަން ބޮޑުކަމަށް ފާހަގަކުރައްވައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*