ހުވާކުރެއްވިތާ 48 އަޑިއިރު، ނުރައްކާތެރި ޙާދިސާތަކެއް، ވެރިން ކުޅިވަރާއި މަޖަލުގައި

މިހާރު ކުރިޔަށްދާ ކުޅިވަރު ފެސްޓިވަލްގައި ގައުމުގެ ބޮޑުން.

އާސަރުކާރު ހުވާކުރެއްވިތާ 48 ގަޑިއިރު ތެރޭގައި ނުރައްކާތެރި ޙާދިސާތަކެއް ރާއްޖޭގެ ދެކުނުގެ ދެ އަތޮޅެއްގައި ވަނީ ހިނގާފައެވެ. އެގޮތުން ގއ. ވިލިނގިލީގައި ހުރި ބޭންކް އޮފް މޯލްޑިވްސް – ވިލިގިލީ ބްރާންޗް ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވެއެވެ. އަދި އައްޑޫ ސިޓީގެ 3 ގެއަކަށް ގްރޫޕަކުން ގެއްލުންދީފައިވެއެވެ. އަދި ހަމަ އެހެންމެ ޕީޕީއެމަށް ނިސްބަތްވާ ފަރާތްތަކެއްގެ ވިޔަފާރިއަށްވެސް ބޮޑެތި ގެއްލުންތަކެއް އައްޑޫ ސިޓީގައި ދީފައިވެއެވެ. މީގެ އިތުރުން އައްޑޫގައި 12 އަހަރުގެ އަންހެން ކުއްޖަކަށް މިއަދުވަނީ ޙަމަލާ ދީފައެވެ.

ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލާފައިވަނީ ފުރާޅުން ޓިނުނަގައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީ ތިން ގެއަކަށް ގްރޫޕަކުން ވަދެ ގެއްލުން ދީފައިވަނީ ތޫނު ހަތިޔާރު ހިފައިގެން ކަމަށްވެއެވެ. އެގްރޫޕުން ވަނީ ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނު 09:00 އާއި ދެމެދު ތިން ގެއަކަށް ވަދެ ގެއްލުން ދިނުމުގެ އިތުރުން އެއް ގެއެއްގައި އަލިފާން ވެސް ރޯކޮށްލާފައެވެ. އެމީހުން ގެއްލުން ދިނީ ހިތަދޫގެ ތިން ގެއަކަށެވެ.

އަލިފާން ރޯކޮށްލި ގޭގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

އެއް ގެއެއްގެ ތެރޭގައި ހުރި ހިފާގެންގުޅޭ ހުރިހާ އެއްޗަކާއި ފަރުނީޗަރުތައް ވަނީ ހަލާކު ކޮށްލާފައެވެ. ތިންވަނަ ގޭގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން އެގޭގައި ހުރި 12 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާ ވެސް ދީފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ އަށް ހޮސްޕިޓަލުން ފަރުވާ ދީފައި ވެއެވެ.

ޕީޕީއެމްގެ ވިސްނުމުގެ ފަރާތްތަކަކަށް ނިސްބަތްވާ ތަންތަނުގެ ތެރެއިން ގެއްލުން ދީފައިވަނީ ފަރުނީޗަރު ފިހާރައަކާއި، ބްކްޝޮޕަކާއި ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައަކަށެވެ. އެފިހާރަތަކުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ. ހިތަދޫ އިން ވާހަކަދެއްކި މީހަކު ބުނީ ތިން ފިހާރައަކަށް ދިން ގެއްލުމަކީ ސިޔާސީ ބަޔަކު ފަހަތުގައި ތިބެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުންގެ ރައްކާތެރިކަމަށްވުރެ މަޖާނެގުމާއި ކުޅިވަރުގައި އާސަރުކާރުގެ ވެރިން އުޅުންވާތަން ދަނީ ފެންނަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*