އައްޑޫ ބޭފުޅަކު ރައީސް އިބޫގެ ކެބިނެޓްގައި ނެތުމުން ހިތްހަމަނުޖެހުން ފާޅުކުރަނީ

ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސް އިބޫގެ ކެބިނެޓޫގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅަކު ނެތުމުން ހިތްހަމަނުޖެހުމުގެ ޝުޢޫރުތައް އައްޑޫއަށް އުފަން ގިނަ ފަރާތްތަކަކުން ސޯޝަލް މީޑިޔާގައި ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން، އައްޑޫއަށް ނިސްބަތްވާ އަދީލް ކިޔާ ބޭފުޅަކު ފޭސްބުކްގައި ބުނެފައިވަނީ އައްޑޫގައި އެއްވެސް ދާއިރާއަކުން ޤާބިލް މީހުން ނެތްކަމުގެ އިޙްސާސް ކުރެވެން ފަށާފައިވާކަމަށެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ބުނެފައިވެއެވެ. އަދި އިމްތިޔާޒް ކިޔާ މީހަކު ބުނެފައިވަނީ ރައީސް އިބޫގެ ކެބިނެޓްގައި މަސައްކަތް ކުރެވޭ ފެންވަރުގެ ގާބިލް އަދި ތަޢުލީމީ މީހަކު އައްޑުއަށް އުފަންވެފައި ނެތީތޯއެވެ. އޭގެ އިތުރުން، މަޝްހޫރު ނޫސްވެރިޔާ އިމާދު ލަތީފް ޓްވިޓާގައި ހާމަކުރައްވާފައިވާ ގޮތުގައި އައްޑޫގެ އެއްވެސް މީހަކު ކެބިނެޓުގައި ނެތުމަކީ އައްޑޫއިން ރައީސް އިބޫ ހޮވުމަށް ދިން 68% ގެ ބަދަލެއްގެ ގޮތުގައި ތޯއެވެ. އައްޑޫގެ އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓް ޝާފިއު ޖަމީލް ބުނެފައިވަނީ އައްޑޫއިން ބޮޑު މެޖޯރިޓީ ދިނަސް ވެރިކަންކުރަނީ އައްޑޫ ބާކީކޮށްފައިކަމަށެވެ.

ރިޝްވާންޖަލީލް ކިޔާ މީހަކު ބުނެފައިވަނީ  “އައްޑޫ މީހަކު ކެބިނެޓުގައި ނެތުމުން ކަންބޮޑުވަނީ ކީއްވެ؟ ނުފެނޭތަ ކުނިބުނިތައް ކެބިނެޓަށް ލާފައިވާތަން؟” މުޙަންމަދު ރަޝީދު ބުނެފައިވަނީ ރާއްޖެދުއް އެންމެ ޢިލްމީ އަދި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތުތައް އުފައްދާފައިވާ އެއްތަނަކީ އައްޑޫ ސިޓީކަމަށެވެ. ނަމަވެސް އައްޑޫއަށް ނިސްބަތްވާ ކެބިނެޓް މިނިސްޓަރަކު ނެތުމުން ވަރަށް ދެރަވެއްޖެކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*