ރައީސް އިބޫގެެ ކެބިނެޓަށް ޢާންމުންގެެ ބޮޑު ހިތްހަމަނުޖެހުމެއް

ރައީސް އިބޫގެ ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސާލިޙްގެެ ކެބިނެޓަށް އައްޔަންކޮށްފައިވާ ބޭފުޅުންނާމެދު ޢާންމުންގެެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަގެންދެއެވެ.

ޖުނައިދުގެ ނަމުގައި ޓްވީޓްްކުރާ ފަރާތެއް ބުނެފައިވަނީ ކެބިނެޓުގަައި  ހިމެނޭ ބައެއް ނަންތަކާާާާާާމެދު ކަންބޮޑުވާކަމަށެވެ. އަދި ޖުމްލަކޮށް ކެބިނެޓް ފެންނަނީ ވަރަށް ހިތިކޮށްކަމަށެވެ. ކަންބޮޑުވުން ފާޅުކުރަމުން މައުމޫން ކިޔާމީހަކު ބުނެފައިވަނީ ފިހާރަތަކުގެެ ސޭލްގައި ވެސް މާރަނގަޅު “ކެބިނެޓް” ފެންނަކަމްށެވެ. ނާޖިހު ކިޔާ ބޭފުޅަކު ބުނެފައިވާ ގޮތުގައި ކެބިނެޓަށް އައްޔަން ކުރަންވާނީ ގާބިލް އަދި ނަޒާހަތްތެރި ބޭފުޅުންކަމަށެވެ. ފާތިމަތު ޖިސްތީ ބުނެފައިވަނީ އިބޫގެ ކެބިނެޓު ސިފަވަނީ “ޝިޓް” ގެ ގޮތުގައެވެ. އަދި ވަރަށް ކަންބޮޑުވާ ކަމަށެވެ.

އަޙްމަދު އަޒާން ހިތްހަމަނުޖެހުމާއެކު ބުނެފައިވަނީ ޔޫއެސްގެ ބައެއް ސްޓޭޓްތަކުގައި ބޮޑެތި ކުއްވެރިންނަށް ނުވަތަ ބޮޑެތި ކުއްތަކަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ވޯޓުލުމުގެ ޙައްގުވެސް ނުލިބޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފެންނަނީ ކެބިނެޓުން ޖާގަދޭ މަންޒަރު ކަމަށެވެ. އޭނާ އިތުރަށް ސުވާލުކޮށްފައިވަނީ ޢަލީ ވަޙީދު ހިމެނޭއިރު ޖާބިރު ނުހިމެނެންވީ ސަބަބަކީ ކީއްވެތޯއެވެ.

އިތުރު ބައެއް އެހެން ފަރާތްތަކުން ބުނެފައިވަނީ ކެބިނެޓުގައި ތިބީ އާ މޫނުތަކެއް ނޫންކަމަށާއި، ނަޒާހަތްތެރިކަމާއި ގާބިލްކަން ހުރި ފަރާތްތައް ކެބިނެޓުގައި ވަރަށް މަދު ކަމަށެވެ. އެގޮތުން ޢަލީ ވަޙީދު، އަމީން، މަލީހް، މާރިޔާ، ޝާހިދު، މަހުލޫފް އަދި ސިދާތާގެ ނަން ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*