ރައީސް އިބޫއަށާއި ނައިބްރައީސް ފައިސަލްއަށް ޑރ. ޚަލީލް މަރުހަބާ ދަންނަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަޤާމުގެ ހުވާ ކުރައްވަނީ

ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި ނައިބް ރައީސްކަމުގެ ހުވާ ކުރެއްވި ފައިސަލް ނަސީމަށް ނިލަންދޫ ދާއިރާގެ މެންބަރ ޑރ. ޢަބްދުﷲ ޚަލީލް މަރުހަބާ ދަންނަވައިފިއެވެ.

މެންބަރ ޑރ. ޚަލީލްގެ ފޭސްބުކް ވޯލްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރަށް ދިވެހި ޖުމްހޫރިއްޔާގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރެއްވި އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެމަނިކުފާނުގެ ނައިބް އޮނަރަބްލް ފައިސަލް ނަސީމަށް ހިތުގެ އިޚްލާޞްތެރި މަރުޙަބާ އަމިއްލަ ނަމުގަޔާއި ނިލަންދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި އަރިސްކުރާކަމަށެވެ. އަދި ދިވެހި ރައްޔިތުން އެދޭފަދަ ވެރިކަމެއް އެމަނިކުފާނު ކުރެއްވި ހުވަޔާއި އެއްގޮތަށް ކުރައްވާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

Untitled

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް އަދި ނައިބު ރައީސް މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ގަލޮޅު ރަސްމީދަނޑުގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއްގައި މިއަދުގެ 17:00 ގައެވެ. މި ރަސްމިއްޔާތަށް ގަލޮޅު ދަނޑު ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*