ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަދި ނައިބު ރައީސް ފައިސަލް މަޤާމުގެ ހުވާކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މަޤާމުގެ ހުވާކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވިގެންދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ރައީސުންކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހުވާކުރެއްވުމުގެ މި ރަސްމިއްޔާތުގައި، ރާއްޖޭން ބޭރުގެ 46 ގައުމެއްގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއިރު، ޚާއްޞަގޮތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ވަނީ ބައިވެރިވެފައިވެއެވެ.

ރައީސްކަމުގެ ހުވާ ރައީސް ޞާލިޙު ކުރެއްވުމާއިއެކު ޤައުމީ ދިފާއީ ބާރުންވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*