ރައީސް ޔާމީނަށްޓަކައި ދިވެހި ރައްޔިތުން އަބަދުވެސް ފަޚުރުވެރިވެ ޝުކުރުވެރިވާނެ – ޑރ. ޚަލީލް

ރައީސް ޔާމީންގެ ޒައާމަތުގައި އެކި ރޮނގު ރޮނގުން ދިވެހިރާއްޖެ ދެކެފައިވާ ކުރިއެރުންތައް މިހާ ކުރުމުއްދަތެއްގައި ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާކަމާއި އެހެންކަމުން ރައީސް ޔާމީނަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުން އަބަދުވެސް ފަޚުރުވެރިވެ ޝުކުރުވެރިވާނެކަމަށް ނިލަންދޫ ދާއިރާގެ މެންބަރ ޑރ. ޚަލީލް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ފޭސްބުކް އަމިއްލަ ވޯލްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދަކީ ރައީސް ޔާމީންގެ 5 އަހަރުގެ ދައުރު ނިމި ރައީސުލް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލިޙު ކުރިއަށް އޮތް 5 އަހަރުގެ ދައުރަށް ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. ރައީސް ޔާމީންގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު ގިނަ ގޮންޖެހުންތަކަކާއިއެކުވެސް ތާރީޚް ނުދެކޭވަރުގެ ގިނަ އަދި އެހާމެ މުހިއްމު ޕްރޮޖެކްޓްތައް ހިންގައި ރާއްޖެއަށްވަނީ ތަރައްޤީ ގެނެސްދެއްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފަށާފައިވާ ނުވަތަ ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް މަޑުޖެހުމެއް ނުގެނެސް ކުރިއަށް ގެންދެވުމަށް، މިއަދު ހުވާކުރެއްވުމަށް ހަމަޖެހިފައިވާ އާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކިބައިން މެންބަރ ޚަލީލް މީގެ ކުރިންވަނީ ޓްވިޓަރ މެދުވެރިކޮށް އަދި މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށް ލިބިވަޑައިގެންނެވި ފުރުސަތެއްގައި އެދިވަޑައިގެންފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*