ނިލަންދޫގައި އިތުރު ޕިކްނިކް އޭރިއާއެއް ތައްޔާރުކޮށްފި

ފ.ނިލަންދޫގެ ދެކުނު ފަރާތުގައި ފެންޕްލާންޓް ހުންނަ ސަރަހައްދުގައި ޕިކްނިކަށް ޚާއްޞަކުރެވިގެން ވަކި ސަރަހައްދެއް ތައްޔާރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ނިލަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް އެމަނިކުފާނުގެ ފޭސްބުކް ވޯލްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައިވާގޮތުން އެތަނުގެ 75 ޕަސަންޓް މަސައްކަތަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބައެއް މުދައްރިސުންނާއި ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ އިތުރުން ބައެއް ދަރިވަރުން ކުރައްވާފައިވާ މަސައްކަތްކަންވަނީ ފާހަގަކުރައްވާފައެވެ.

46070469_491554054688874_9219288381949739008_o

ކައުންސިލުން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި ރަށުގައި މިފަދަ އިތުރު ތަނެއް ތައްޔާރުކުރަން ޖެހުނީ އެސަރަހައްދާއި ކައިރީގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ޕިކްނިކް އޭރިއާއަށް ދަތުރުނުދެވި ބައެއް ފަރާތްތަކުން ކިޔުގައި ހުންނަން ޖެހޭ ފަހަރުތައް ދިމާވަމުންދާތީކަމަށެވެ. އަދި އެތަނާއި މާ ދުރު ނޫން ހިސާބެއްގައި މިތަން ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ޚާއްޞަކުރެވިއްޖެ ނަމަ އެފަދަ ކަންކަމަށް ޙައްލު ލިބޭނެތީކަމަށެވެ. އަދި ކުރިމަގުގައި މި ފަދަ ތަންތަން އިތުރަށް ތަރައްޤީ ކުރުމުގެ ވިސްނުންވެސް ކައުންސިލްގެ ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ނިލަންދޫގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުގެ އިސްނެންގެވުމުގެމަތީން ތައްޔާރުކުރެވިފައިވާ ޕިކްނިކް އޭރިއާތައް ހުރިކަން ފާހަގަކުރެވޭއިރު، ރަށުގެ ގިނަ ރައްޔިތުން މިފަދަ ތަންތަނުގެ ބޭނުންކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.

46259030_491554091355537_7094608630879617024_o

ނިލަންދޫއިން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިގޮތުގައި ކުޑަކުދިން ގޮވައިގެން ޢާއިލާތަކުން މި ތަންތަނަށް ދަތުރުދާއިރު ކޮންމެ ޢާއިލާއަކުންވެސް ބޭނުންވާނީ އެތަނެއް ސާފުތާހިރުކަމާއިއެކު ރަނގަޅު ފެންވަރެއްގައި އޮތުންކަމަށެވެ. އަދި މިކަން މިގޮތުގައި ކުރެވޭނީ މި ތަންތަން ބޭނުންކުރާ ފަރާތްތަކުން އެކަންކަމަށް ވިސްނައިގެން، ދަތުރު ނިންމާފައި ތިމާމެން އެނބުރިދާއިރު ދާނީ މިތަން ރީތިކޮށް ސާފުތާހިރުކޮށްފައިކަމުގެ އަޒުމް ކަނޑައަޅައިގެން ތިބޭނަމަކަމަށެވެ. ބާބަކިޔު ހެދުމަށްފަހު ނުވަތަ މަސްފިހެ ކައި ނިންމުމަށް ފަހު މަހުގެ ކަށި އެތަނެއްގައި ހުންނަ އަށިމައްޗަށް ނުވަތަ ބިންމައްޗަށް ވައްޓައި އެތަނަށް ދޫކޮށްލުމަށްވުރެ ޒިއްމާދާރުބައެއްގެ ގޮތުގައިވާންޖެހޭކަމަށެވެ. ތަން ރީތިނަމަ ހުރިހާއެންމެނަށްވެސް ރީތި ކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*