ނިލަންދޫ އައުޓްޑޯރ ޖިމް، އިތުރަށް ތަރައްޤީ ކުރަންޖެހޭ

ހުޅުމާލޭ އައުޓްޑޯރ ޖިމްގައި ބެހެއްޓިފައިހުރި އާލާތްތައް މެންބަރ ޚަލީލް ބައްލަވާލައްވަނީ

ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތައް ހިމަނައިގެން ނިލަންދޫ ކައުންސިލާއި ފ.އަތޮޅު ހޮސްޕިޓަލާއި ގުޅިގެން އޭކޭ ފައުންޑޭޝަންގެ ފަރާތުން ނިލަންދޫގައި ދާދި ފަހުން ވަނީ އައުޓްޑޯރ ޖިމްއެއް ހުޅުވާފައެވެ. އަދި ގިނަ ރައްޔިތުންތަކެއް މި ޖިމްގެ ބޭނުން ހިފަމުންދާކަން ފާހަގަކުރެވެއެވެ. މިފަދަ ތަނެއް ވުޖޫދަށް ގެނެއުމާއިއެކު ދެން އޮންނާނީ އެތަނެއް މެއިންޓެއިން ކުރުމާއި އިތުރަށް ތަރައްޤީ ކުރުމެވެ. ހަމަ ޔަޤީނުންވެސް އިތުރު އާލާތްތަކާއިއެކު އެތަން އިތުރަށް ތަރައްޤީވެގެން ދިއުމަކީ ކޮންމެ ރައްޔިތަކުވެސް އެކަމަކަށް ނުހަނު ބޭނުންވާނެ ކަމެކެވެ. ޚާއްޞަގޮތެއްގައި މިފަދަ ތަނެއްގެ ބޭނުން ހިފާ ބަޔަކަށެވެ.

ކޮންމެއަކަސް ހުރިހާ އުމުރުފުރާއަކާއި ގުޅޭގޮތަށް ނިލަންދޫގައި ތަރައްޤީ ކުރެވުނު އައުޓްޑޯރ ޖިމް ހުޅުވިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. ނަމަވެސް މިއަދު މިވަނީ އެތަން އިތުރަށް ތަރައްޤީ ކުރުމުގެ ކުލަވަރު ފެންނަންފަށާފައެވެ. އެގޮތުން އެތަން ތަރައްޤީކުރި އޭކޭ ފައުންޑޭޝަންގެ މުއައްސިސް އަދި ދާއިރާގެ މެންބަރ ޑރ. ޢަބްދުﷲ ޚަލީލް މިދިޔަ ހޮނިހިރު ދުވަހުވަނީ ހުޅުމާލޭގައި ހުންނަ އައުޓްޑޯރ ޖިމްއަށް ޒިޔާރަތްކޮށް އެތަން ތަރައްޤީކުރެވިފައިވާ ގޮތާއި ބެހެއްޓިފައިވާ އާލާތްތައް އަމިއްލަފުޅަށް ބައްލަވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް ރަށުގައި ތަރައްޤީ ކުރެވިފައިވާ އައުޓްޑޯރ ޖިމްގައި ބެހެއްޓިފައިނެތް ނަމަވެސް ހުޅުމާލޭ ޖިމްގައި ބެހެއްޓިފައިހުރި އާލާތްތައް ބައްލަވާލައްވައި އެ ތަކެތި އަމިއްލަފުޅަށްވެސް ވަނީ ތަޖުރިބާ ކުރައްވާފައެވެ. މިކަމަކީ ހަމަޔަޤީނުންވެސް ނިލަންދޫ އައުޓްޑޯރ ޖިމް އިތުރަށް ތަރައްޤީވެގެން ދިއުމަށް ލިބުނު ފެހި ސިގްނަލެކެވެ.

ނިލަންދެ.ކޮމްއިން އެދެނީ ނިލަންދޫ ދަރަބޫދޫ ހިމެނޭ ދާއިރާގެ ތަރައްޤީއަށް މެންބަރުގެ ހައިސިއްޔަތުންނާއި އަމިއްލަފުޅު ހައިސިއްޔަތުން ކުރައްވަމުންގެންދަވާ އިޚްލާޞްތެރި މަސައްކަތުގައި ކާމިޔާބު މިންވަރުކުރެއްވުމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*