ލިޓްލް ސްޓާރސް ޕްރީސްކޫލުން ދެ ސްކޮލަރޝިޕް ތަޢާރަފްކޮށްފި

ލިޓްލް ސްޓާރސް ޕްރީސްކޫލްގެ ޙަރަކާތެއްގެ ތެރެއިން

ފ.ނިލަންދޫގައި ހިންގާ ލިޓްލް ސްޓާރސް ޕްރީސްކޫލުން އަލްމަރުޙޫމާ ޢާއިޝަތު މޫސާ ސްކޮލަރޝިޕްއާއި އަލްމަރުޙޫމް ޙަސަން ޙަމީދު ސްކޮލަރޝިޕް ގެ ނަމުގައި 2 ސްކޮލަރޝިޕް ތަޢާރަފްކޮށްފިއެވެ.

 

އަލްމަރުޙޫމާ ޢާއިޝަތު މޫސާ ސްކޮލަރޝިޕަށް ކުރިމަތިލެވެނީ 29 ނޮވެންބަރު 2018ގެ ނިޔަލަށް އެ ސްކޫލަށް އަލަށް ވަނުމަށް ހުށަހަޅާ ދަރިވަރުންނާއި މިހާރު އެސްކޭޖީ ފިޔަވާ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. ކޮންމެ އަހަރަކުވެސް އެންމެ ދަރިވަރަކު ހޮވާ މި ސްކޮލަރޝިޕްގައި ސްކޫލު ނިމެންދެން ހިލޭ ކިޔެވުމުގެ އިތުރުން ފޮތްލިސްޓާއި ޔުނީފޯމް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

އަލްމަރުޙޫމް ޙަސަން ޙަމީދު ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އެސްކޭޖީ ދަރިވަރުންގެ ތެރެއިން ހޮވާލެވޭ 1 ދަރިވަރަކަށެވެ. އެ ދަރިވަރަށްވެސް ސްކޫލު ނިމެންދެން ހިލޭ ކިޔެވުމުގެ އިތުރުން ފޮތްލިސްޓާއި ޔުނީފޯމް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

ޕްރީ ސްކޫލްގެ ފޯން ނަމްބަރ: ‎9142553 / ‎9895516

އީމެއިލް އެޑްރެސް: littlestarspreschool4@gmail.com

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*