ޖުމްހޫރީ ދުވަހާއި ޖުމްހޫރީވެރިކަން: ތަފާތު ތަޖްރިބާތަކެއްގެ ފެށުން!

ފަޚުރުވެރި ދިވެހި ދިދަ

ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 11 ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކީއްވެގެންކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންހެއްޔެވެ؟ އަދި އެދުވަސް މުހިންމުވަނީ ކީއްވެގެންކަން ވިސްނެނީވެސް ކިތައް މީހުންނަށްހެއްޔެވެ؟

އާދެ! ނޮވެންބަރު 11 ޖުމްހޫރީ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފާހަގަކުރަނީ، އެއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ފެށިގެން އައި ދުވަސް ކަމަށްވާތީއެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސް ނާޞިރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ދުވަސް ކަމަށްވާތީއެވެ. އެދުވަސް މުހިންމުވަނީ އެއީ ރައްޔިތުންގެ ސީދާ ބަސްބުނެގެން ގައުމުގެ ވެރިކަމަށް މީހަކު ގެނައުމުގެ ދޮރު ދިވެހި ތާރީޚުގައި ދެވަނަ ފަހަރަށް ހުޅުވިގެން ދިޔައީމައެވެ. އަދި ހަމައެހެންމެ، ޒަމާނީ ވެރިކަމުގެ ނިޒާމެއް ރާއްޖޭގައި އަށަގެންނެވުމުގެ ފެށުންކަމުގައި އެދުވަސް ވެގެންދިޔައީމައެވެ. އިންސާނީ ޙައްގުތަށް ކަށަވަރުކޮށްދިނުމާއި ޒަމާނަށް އަންނަ ބަދަލުތަކަށް ރާއްޖެ ހުޅުވުމުގެ ފެށުން ކަމުގައިވެސް އެދުވަސް ވެގެންދެއެވެ.

11 ނޮވެންބަރު 1968 އަށް ފަހު އަދާޖެހެންދެންވެސް ރާއްޖޭގައި ކުރަމުންގެންދަނީ ޖުމްހޫރީ ވެރިކަމެކެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކެވެ. އެއީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ، ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ހިނަގާ ވެރިކަމެވެ.  ނަމަވެސް، 1 ޖެނުއަރީ 1953 ގައި ދުނިޔޭގެ އަލިކަންދުއް  ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދެމިއޮތީ 7 މަހާއި 21 ދުވަހަށެވެ.

ރައްޔިތުންގެ ވެރިކަން ޕާލަމެންޓަރީ ޑިމޮކްރަސީގެ ގޮތުގަ އާއި އެގްޒެކެޓިވް ޕްރެޒިޑެންސީގެ ގޮތުގައިވެސް ހިންގަ އެވެ. މުހިންމީ ނަމެއް ނޫނެވެ. މުހިންމީ ވެރިކަމެއްގައި ރައްޔިތުންގެ ބައިވެރިވުމާއި އަދުލުއިންސާފު ފުރިހަމަވުމާއި ހަމަހަމަ ގޮތެއްގައި އެންމެންނަށް ހިދުމަތްތައް ފޯރުކޮށްދެވޭ ވެރިކަމުގެ ނިޒާމެއް އޮތުމެވެ.

ޖުމްހޫރީ ނިޒާމް ނަމަވެސް އެކި ގައުމުތަކުން ފިޓް ކުރާ ނިޒާމުތައް އެއް ގައުމާއި އަނެއް ގައުމާތަފާތު ހުރެ އެވެ. އެ ގައުމެއްގެ ސަގާފަތާއި އާދަކާދައާއި ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކާއިއެ ގައުމެއްގެ ތަރައްގީއާއި ކުރިއެރުމާއި އަދިއަދުގެ ދުނިޔޭގައި އެ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ގޮތްތަކުގެ މަތިން އެގައުމެއްގެ ވެރިކަމުގެ ނިޒާމު ބައްޓަންކުރަން ޖެހޭތީ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، މުހައްމަދު އަމީނު ރާއްޖެއަށް ވަރަށް ގިނަ ހިދުމަތް ކޮށްދެއްވި އެވެ. ގައުމުވަންތަކަން އާލާ ކުރައްވައި ގައުމެއްގެ ގޮތުގައި ރާއްޖެ ބައްޓަންކުރެއްވުމުގައި އެހެން އެއްވެސް ރައީސަކަށް ނުކުރެއްވޭނެ ބުރަ އުނދަގޫ މަސައްކަތް ރާއްޖެ އާއި ދުނިޔެއަށްވެސް ދަތި އުނދަގޫ ދުވަސްވަރެއްގައި ރައީސް އަމީން ކޮށްދެއްވި އެވެ.

ފުރަތަމަ ޖުމްހޫރިއްޔާއާޚިލާފަށް ދެވަނަ ޖުމްހޫރިއްޔާއުފެދުނީ ރާއްޖެއަށް މިނިވަންކަން ލިބިފައި އޮތުމާއެކު ޖުމްހޫރީވެރިކަން ދެމެހެއްޓުމުގެ ގިނަސިފަތަކެއް ފުރިހަމަ ކުރެވިގެންނެވެ. ނަތީޖާއަކަށްވީ މި ޖުމްހޫރިއްޔާގެ ދުވެލި ހުއްޓުމެއްނެތި ކުރިޔަށް ދިއުމެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ އާންމު ސިއްރު ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް 11 އަހަރު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވިއިބްރާހިމް ނާސިރެވެ. ނޮވެމްބަރު ،11 1968 އިން ނޮވެމްބަރު ،11 1978 އަށް ފުރިހަ 10 އަހަރު ވަންދެން ނާސިރު ރައީސް ކަމުގައި ހުންނެވި އެވެ. އެ މުއްދަތުގައި ގިނަ ބަދަލުތަކެއް ރާއްޖެއަށް ގެންނަވައި އަގުހުރި ޚިދުމަތްތަކެއްކުރެއްވިއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ މައުމޫން އަބްދުލްގައްޔޫމެވެ، އުންމީދީ ބޮޑޫ ބަދަލެއްގެ ފެށުމެވެ. އެމަނިކުފާނު ރާއްޖެއަށް ގެނައި ތަރައްގީގައި 30 އަހަރު ވުމަށްފަހު ނޮވެމްބަރު 11، 2008 ގައި ރައީސް ކަމަށް ވަޑައިގެންނެވީ މުހައްމަދު ނަޝީދެވެ. ނަމަވެސް ކަންދިމާ ކުރި ގޮތުން އެމަނިކުފާނުގެ ވެރި ކަމުގެ ދައުރު ހަމަނުވަނީސް ފެބުރުއަރީ 7، 2012 ގައި މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ފެބުރުއަރީ7، 2012 ގައި ރައީސް ކަމަށް ވަޑައިގެންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވީ ނޮވެމްބަރު 17، 2013 އަށެވެ. އެ ތާރީހުން ފެށިގެން ރައީސް ކަމަށް މަގާމަށް ވަޑައިގެންނެވީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމެނިކުފާނުގެ ޒައާމަތުގައި ދިވެހިން ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީއާއި ތަހްޒީބް ދިވެހި ފަސްގަނޑަށް ގެނެސް ދެއްވައިފިއެވެ. ދެން އޮތީ އިންތިޚާބީ ރައީސް އިބްރާހީމް މުޙަންމަދު ސޯލިޙްގެ ވެރިކަމާމެދު ކުރެވޭ ފޮނި އުންމީދެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*