ދިރާގުގެ ފައިބަރ އޮޕްޓީކް ކޭބަލް ނިލަންދޫގައި އަޅައިފި

ހައިސްޕީޑް އިންޓަރނެޓް ދޫކުރުމަށް ދިރާގު ފައިބަރއޮޕްޓިކް ކޭބަލް ވަޅުލަމުންގެންދަނީ

ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަށް ދިނުމަށް ފ.ނިލަންދޫގައި ދިރާގުގެ ފައިބަރ އޮޕްޓިކް ކޭބަލް މުޅި ރަށުގައި ވަޅުލައިފިއެވެ. ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު ގެއަށް ކޭބަލްގެ ކޮޅު ވައްދަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އެއްވެސް އަގެއް ނެގުމަކާނުލައި ކޭބަލް ވައްދާދީފައިވެވެ.

މިހާރު ކުރިޔަށްދަނީ ކެބަލްތައް ގުޅުމަށް އެކި ހިސާބުތަކުގައި ބަހައްޓަންޖެހޭ ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތްތަކެވެ.

ނިލަންދެއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަށް ކުރިޔަށްއޮތް މަހެއްހާ ދުވަސްތެރޭ ނިލަންދޫއަށް ލިބިގެންދާނެއެވެ.

ހައިސްޕީޑް އިންޓަރނެޓްގެ އިތުރުން ދިރާގު ޓީވީގެ ޚިދުމަތްވެސް މި ވިއުގައިގެތެރެއިން ދޫކުރާނެކަމަށްވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*