ފަހުވަގުތު ނިއުއަތުން ނިލަންދޫ ބަލިވެއްޖެ

ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 2-5 އިން ނިލަންދޫ ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ މަގާމަށް ނިއުރޭޑިއަންޓް އަރައިފިއެވެ.

މި މޮޅާއެކު ނިއު ތިންވަނައިގައި އޮތީ 27 ޕޮއިންޓާ އެކުއެވެ. މެޗުން ބަލިވި ނިލަންދޫ އޮތީ 7 ޕޮއިންޓާއެކު ލީގުގެ ފުލުގައެވެ. ލީގުގެ އެއްވަނައިގައި 33 ޕޮއިންޓާ އެކު އޮތީ ޓީސީއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ނިލަންދޫ އިންނެވެ. މި ގޯލު މެޗުގެ 17 ވަނަ މިނެޓްގައި ނިލަންދޫ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް ލޫކަސްއެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ ތިން މިނެޓްފަހުން ކަންޑޭލާ ވަނީ ނިއު އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލީ ފާސިރު ވަނީ މެޗުގެ ލީޑު ނިއު އަށް ފުރަތަމަ ފަހަރަށް ނަގާދީފައެވެ.

ނިއު ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ފުރުގާން ވަނީ ނިލަންދޫ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފްގައި ނިއުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް މެޗުގެ ފަހު 10 މިނެޓްތެރޭ ނިއު އިން ވަނީ ތިން ގޯލު ކާމިޔާބުކޮށް ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) ކަމަށްވާއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރުއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*