ބޮޑު ގޮނޑެއް ޗާލު ޕާކަކަށް ހަދަނީ

ކުރީގެ ގޮނޑު ސާފުކުރުމުގެ މަސައްކަތުގައި ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޙަރަކާތްތެރިވަނީ

ނިލަންދޫގެ ކުރީގެ ކުނި ގޮނޑު ސާފުކޮށް އެތަނަކީ ހިއްފަސޭހަ ޕާކަކަށް ހެދުމުގެ މަސައްކަތް ފ.ނިލަންދޫ ރަށު ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތުގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ރަށު ކައުންސިލް އިދާރާގެ މުވައްޒަފުންނެވެ. ނިލަންދޫ ކައުންސިލްގެ ރައީސް ހާމަކުރައްވާފައިވާ ގޮތުގައި މި މަސައްކަތަށް އެހެން އިދާރާތަކުގައި އެދުމުން އެއިދާރާތަކުގެ އެހީތެރިކަންވެސް ލިބެމުންދާކަން ފާހަގަކުރައްވާފައިވެއެވެ.

މިހާރު ކުރެވެމުންދަނީ އެ ސަރަހައްދުގައި ބޯކޮށް ހެދިފައިވާ ގަސްތައް ރީތިކޮށް ކޮށައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތެވެ. އެއަށްފަހު ދޮންވެލި އަޅައި ރީތިކުރުން އޮންނާނެވެ.

“މިތަން ނިމޭއިރު ވަރަށް ރީތިވާނެ. މިތަނުގައި މަޑުކޮށްލުމަށް އިށީގެވޭނެގޮތް ވެސް ހަދާނަށް ނިމިގެންދާއިރު” ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މި ސަހައްދު އިތުރަށް ޒީނަތްތެރިކުރުމަށް ސަރަޙައްދުގައި ގޮލޯބް ބޮކި ހަރުކުރާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލްގެ ރައީސް ހާމަކުރެއްވިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*