ޚަރަދުކުރަނީ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް: ނިލަންދޫ ރަށު ކައުންސިލް

ނިލަންދޫގައި މިހާރު ކުރަމުންގެންދާ މަސައްކަތެއްގެ ތެރެއިން

ނިލަންދޫ ރަށު ކައުންސިލުން ޚަރަދުތައް ކުރަމުން ގެންދަނީ ކައުންސިލުން އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް، ރައްޔިތުންގެ މަޝްވަރާއާއިއެކު ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިންކަމަށް ނިލަންދޫ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ކައުންސިލްގެ އެފްބީ  ޕޭޖުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މާލިއްޔަތަށް ލިބޭފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރަމުން ގެންދިއުމުގެ އިތުރުން، ފައިސާއާއި މުދަލާއި ބެހޭ ހުރިހާ ކަމެއް ކުރަމުން ގެންދަނީ އެލްޖީއޭއިން އެކުލަވާލާފައިވާ އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ޤަވައިދާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އެކަން ކަށްވަރު ކުރުމުގެ ގޮތުން އެކްސްޓާނަލް އޮޑިޓަރެއް އައްޔަންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްގެ މަސައްކަތްތައް ބިނާކޮށްފައިވަނީ އެލްޖީއޭއަށް ފޮނުވާފައިވާ އަހަރީ މަސައްކަތު ކަލަންޑަރާއެއްގޮތްވާ ގޮތުގެ މަތީންނެވެ. މިއީ މީގެ ކުރީން ނިލަންދޫ ރަށުކައުންސިލްގެ އެއްވެސް ދައުރެއްގައި އެކުލަވާލާފައިވާ އެއްޗެއް ނޫނެވެ.

ރަށު ކައުންސިލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުދަލުގެ ޒަކާތް ނެރެފައިވާ ކަމަށް ވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*