ބަލަންވީ ތިމާއަށް ނުވަތަ ތިމާމެންނަށް ނިލަންދޫއަށް ކޮށްދެވޭނީ ކޮންކަމެއްތޯ – ނަޞްރުﷲ ޖަލީލް

ފަރުދީގޮތުންވެސް ޖަމަޢީގޮތުންވެސް ބަލަންވީ ތިމާއަށް ނޫނީ ތިމާމެންނަށް ނިލަންދޫއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ކަމުގައި ނަޞްރުﷲ ޖަލީލް ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވެފައިވަނީ އެފްބީ ނިލަންދޫ ގްރޫޕްގައި އޭކޭ ފައުންޑޭޝަންއިން ކުރަމުންދާ ބައެއް މަސައްކަތާއި ގުޅޭގޮތުން މޫސާ ޢަލީ ކޮށްފައިވާ ޕޯސްޓެއްގެ ދަށުން ކުރެއްވި ކޮމެންޓެއްގައެވެ. އެ ކޮމެންޓްގައި ނަޞްރުﷲ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ހަޤީޤަތުގައި އެހީތެރިކަން ބޭނުންވާ ވަރަށް ގިނަ ދާއިރާތައް އެބަހުރިކަމާއި އެހެންމީހުން ކުރާ ކަންކަން ބަލައި ކުށް ހޯދައި ސޯޝަލް މީޑިއާގައި ލިޔުމަށްވުރެ ނިލަންދޫ އެދޭ ކޮންމެވެސް ކަމެއް ކޮށްދެއްވަން އުޅެފިނަމަ އޭގެ ފައިދާ ނިލަންދޫއަށްވެސް އަދި ނިލަންދޫ ރައްޔިތުންނަށްވެސް މާބޮޑަށް ކުރާނެކަމަށެވެ.

އޭކޭ ފައުންޑޭޝައިން ކުރަމުންއަންނަ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މޫސާ ޢަލީ ކޮށްފައިވާ ޕޯސްޓަކީ މި ދުވަސްވަރު އެފަދަ މަސައްކަތްތަކާއި ގުޅޭގޮތުން ނިލަންދޫގެ ކުރިމަގާއިމެދު ވިސްނަމުންދާކަމަށްބުނާ ބައެއް ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކޮށްފައިވާ ފޯސްޓެއްކަން ފާހަގަކުރެވެއެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*