ނިލަންދޫ ދާއިރާ 2019 ގެ ގޮނޑިއަށް މުޞްޢަބް މުޙައްމަދު ވާދަކުރަނީ

ކުރިއަށް އޮތް އާއްމު އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ފ.ދަރަނބޫދޫ ދަނބުފަށުވިގޭ މުޞްޢަބު މުޙައްމަދު ނިކުންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރި ބޭފުޅެއްކަމަށްވާ ވިލާއާދަމް ބުނެފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ފޭސްބުކް ވޯލްގައި ރޭގެ ވަގުތެއްގައި ޕޯސްޓްކޮށްފައިވާ ލިޔުމެއްގައެވެ. އޭނާ ބުނެފައިވާގޮތުގައި މުޞްޢަބް މުޙައްމަދަކީ ރައްޔިތުންގެ ވިންދު ދަންނަ ނަޒާހާތްތެރިއެއްކަމާއި ވަޢުދުތައް އަޕްޑޭޓް ކުރަމުންގެންދާނެ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ވޯޓް މިފަހަރު މުޞްޢަބަށް ދިނުމަށްވެސް ވިލާއާދަމް އޭނާގެ ޕޯސްޓްގައިވަނީ އެދިފައެވެ.

އާއްމު އިންތިޚާބު 2019 ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންއިން އިއުލާންކޮށްފައިވަނީ 2019 މާރޗް މަހުގެ ތެރޭގައެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*