ލިޓްލް ސްޓާރސް ޕްރީ ސްކޫލްގެ ނަމުގައި މުޅިން އާ ޕްރީސްކޫލެއް ނިލަންދޫގައި ހުޅުވައިފި

2018 ވަނަ އަހަރުގެ ދިރާސީ އަހަރުފެށިގެންދިޔައީ ނިލަންދޫގައި ‘ލިޓްލް ސްޓާރސް ޕްރީ ސްކޫލް’ ގެ ނަމުގައި މުޅިން އާ ޕްރީ ސްކޫލެއް ހުޅުވިގެންނެވެ. ބަގީޗާގޭގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި ސްކޫލަކީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި ހުއްދަ ލިބިގެން ހިންގާ ސްކޫލެކެވެ. މި ސްކޫލްގައި 1 އަހަރާއި 10 މަހުން ފެށިގެން 6 އަހަރާއި ދެމެދުގެ ކުދިން ބޭބީ ނާސަރީ، ނާސަރީ، ޖޭކޭޖީ އަދި އެސް.ކޭޖީ އަށް ކިޔަވައިދެވޭނެއެވެ. މި ސްކޫލަކީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައިވާ އަދި ހަމަ އެހެންމެ ކުޑަދިންނަށް އެންމެ އެކަށޭނަ މާހައުލެއް ލިބިގެންދާނޭފަދަ ގޮތަކަށް ތައްޔާރު ކުރެވިފައިވާ ތަނެކެވެ. ސްކޫލްގައި ކިޔަވައިދެއްވަނީ މި ދާއިރާގެ ހުނަރާއި ތަޖުރިބާހުރި ނިލަންދޫއަށް އުފަން ޓީޗަރުންކަމުގައިވާ ފާތިމަތު ޒަހުރާ / ބިއްދޮށުގެ އަދި ރަނިއްޔާ ނަޞީރު / ބުލްބުލާގެ އެވެ.

ނިލަންދެ.ކޮމްއަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ސްކޫލްގެ މަސްއޫލުވެރި ފަރާތަކީ ޝަޒީލާ މޫސާ / ބަގީޗާގެ އެވެ.

ޕްރީ ސްކޫލްގެ ފޯން ނަމްބަރ: ‎9142553 / ‎9895516

އީމެއިލް އެޑްރެސް: littlestarspreschool4@gmail.com

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*